25 Sep 2016, 13:09
ބެންކް އޮފް މޯލްޑިވްސް(ބީއެމްއެލް)ގެ ހުރިހާ އޭޓީއެމްއަކާއި ޕީއޯއެސްގެ ހިދުމަތް މެދުކެނޑިއްޖެ އެވެ.
މިއަދު މެންދުރުން ފެށިގެން ގައުމީ ބެންކުގެ އެދެ ހިދުމަތް މެދުކެނޑިފައިވާ އިރު ފައިސާ ނުނެގިގެން ގިނަ ބަޔަކަށް އޭގެ ތަކުލީފާއި ވަނީ ކުރިމަތިވެފަ އެވެ.
ބީއެމްއެލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެދެ ހިދުމަތް މެދުކެނޑުމާއެކު އެކަން ހައްލު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މިހާރުން މިހާރަށް ހަދަން ޖެހޭ ޓުރާންސްސެކްޝަނެއް ހެދުމަށް އިންޓަނެޓް ބެންކިން ބޭނުން ކުރުމަށް އެބެންކުން އިލްތިމާސްކުރެ އެވެ.
އެ ދެ ހިދުމަތް މެދުކެނޑުނު ނަމަވެސް ބީއެމްއެލްގެ ބުރާންޗްތަކުން ދަނީ ހިދުމަތް ދެމުންނެވެ.