05 Jun 2011, 15:17
ލ. އިސްދޫން 80 މީހުންނާއެކު ފުރައިގެން މާލެއަށް ދަތުރު ކުރި ފެރީއެއް ވ. ފެލިދޫ ފަރަށް އަރާފައި ވަނިކޮށް ފުލުހުންނާއި ރަށު ކައުންސިލުން ގުޅިގެން ކުރި މަސައްކަތުން އެ ދޯނި ސަލާމަތްކޮށްފި އެވެ.
ރޭ ފަތިހު ހަތަރެއް ޖަހާކަންހާއިރު "ޖަނާނު" ދޯނި ފަރަށް އެރި އިރު ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެނުންނާއެކު އެ ފެރީގައި 80 މީހުން ދަތުރު ކުރި އެވެ. ނަމަވެސް އެއިން އެއްވެސް މީހަކަށް ގެއްލުމެއް ވެފައިނުވާ ކަމަށް ފުލުހުން ބުނެ އެވެ.
ލ. އަތޮޅާއި މާލެއާ ދެމެދު ހަފްތާއަކު އެއްފަހަރު ދަތުރު ކުރާ އެ ފެރީ ފަރަށް އެރުމުން ފެލިދޫ ފުލުހުންނާއި ރަށު ކައުންސިލުން ކުރި މަސައްކަތުން އެ ދޯނި ވަނީ ފެލިދޫއަށް ގެންގޮސްފަ އެވެ. އަދި ފުލުހުންނާއި ދޯނީގެ ފަޅުވެރިން ގުޅިގެން އެ ދޯނި ފުން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެ އެވެ.