24 Sep 2016, 16:22
ސަރުކާރަށް ގިނަ ދުވަސްތަކެއްވަންދެން ހިދުމަތް ކޮށްދެއްވާފައިވާ ޒަކަރިއްޔާ ހަމީދު އަވަހާރަވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި ޒަކަރިއްޔާ ހަމީދު އަވަހާރަވެފައި ވަނީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްކޮޅެއް ފަހުން، މިއަދު ފަތިހުގެ ވަގުތެއްގައި ފ. ނިލަންދޫގަ އެވެ.
އެމަނިކުފާނު އަވަހާރަވި އިރު އުމުރުފުޅަކީ 83 އަހަރެވެ.
ޒަކަރިއްޔާ ހަމީދު ސަރުކާރަށް ކޮށްދެއްވި ހިދުމަތްތަކުގެ ތެރެއިން އެންމެ ގިނައިން ކޮށްދެއްވި އެއް ހިދުމަތަކީ އަތޮޅުވެރިކަން ކުރެއްވުމެވެ. އެގޮތުން ފ. އަތޮޅުގެ ވެރިކަން ވެސް ގިނަ ދުވަސްތަކެއް ވަންދެން ކުރައްވާފައިވާ އިރު، އެހެން ބައެއް އަތޮޅުތަކުގައި ވެސް އެމަނިކުފާނު ވަނީ އަތޮޅުވެރިކަން ކުރައްވައިފަ އެވެ.
ޒަކަރިއްޔާ ހަމީދު ވަނީ އެޓޯލްސް މިނިސްޓްރީއަށް ވެސް ގިނަ ހިދުމަތްތަކެއް ކުރައްވާފަ އެވެ.
ޒަކަރިއްޔާ ހަމީދަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވަރަށް އަރިސް ބޭފުޅެކެވެ. ރައީސް މައުމޫން ހދ. މަކުނުދު އަށް އަރުވާލާފައި ހުންނެވި ދުވަސްވަރު ޒަކަރިޔާ ހަމީދު ވެސް ހުންނެވީ ކޮންމެ ވެސް މައްސަލައެއްގައި އެ ރަށަށް އަރުވާލައިފަ އެވެ.