24 Sep 2016, 13:21
ހައްޖުގެ މާތް އަޅުކަން އަދާ ކުރުމަށް މައްކާއަށް ދިޔަ ހުރިހާ ދިވެހިން އެނބުރި ރާއްޖެ އަތުވެއްޖެ އެވެ.
ހައްޖަށް ދިޔަ ދިވެހިންގެ ތެރެއިން ފަހު ފުލައިޓް ރާއްޖެ އައިސްފައި ވަނީ މިއަދު ހެނދުނެވެ. އެއީ ހައްޖު ކޯޕަރޭޝަންގެ ހައްޖުވެރިންނެވެ.
މިއަހަރު ރާއްޖެ އިން 2000 ހައްޖުވެރިން ސައުދީއަށް ދިޔައިރު އޭގެ ތެރެއިން ތިން މީހަކު ވަނީ ނިޔާވެފަ އެވެ.
ހައްޖުގެ އަޅުކަމަށް މި އަހަރު ހައްޖުވެރިން ފުރާފައި ވަނީ މިދިޔަ މަހު 15 ގަ އެވެ.
ހައްޖަކީ އިސްލާމްދީނުގެ ފަސް ވަނަ ރުކުނެވެ. އެއީ ކުޅަދާނަވެގެންވާ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބު އަޅުކަމެކެވެ.