24 Sep 2016, 10:35
ބޮލީވުޑުގެ ހުނަރުވެރި ބަތަލާ، ކާޖަލް ވަރަށް އަވަހަށް ފޭސްބުކް އާ ގުޅޭނެ ކަމަށް ޚަބަރުތައް ބުނެފި އެވެ.
ކާޖަލް އަކީ ސޯޝަލް މީޑިއާއާ ދުރުން އުޅޭ މަދު ފަންނާނުންގެ ތެރޭގައި ހިމެނޭ އެކަކެވެ.
ނަމަވެސް ކާޖަލް ވަނީ އިއްޔެ އޭނާގެ ފިރިމީހާ އަދި އެކްޓަރު އަޖޭ ދޭވްގަން އާ އެކު ސެން ފްރާންސިސްކޯގައި ހުންނަ ފޭސްބުކް އޮފީހަށް ޒިޔާރަތް ކޮށްފަ އެވެ.
މީގެ ކުރިން ވެސް ކާޖަލްގެ "ފޭން ކްލަބް" އިން އަންނަނީ ކާޖަލް އާ ގުޅުންހުރި ޚަބަރުތަކާއި އޭނާގެ މަސައްކަތްތައް ސޯޝަލް މީޑިއާ ގައި ހިއްސާކުރަމުންނެވެ. ނަމަވެސް ކާޖަލް ފޭސްބުކް އާ ގުޅުމުން، ސީދާ ކާޖަލްގެ ފަރާތުން ޚަބަރުތައް ލިބިގެން ދާނެ އެވެ.
އަޖޭ އާއި ކާޖަލް މިހާރު ތިބީ އަޖޭގެ ކުރިއަށް އޮތް ފިލްމު "ޝިވޭ"ގެ ޕްރޮމޯޝަން މަސައްކަތުގައި އެމެރިކާގަ އެވެ.