ކަޝްމީރުގައި އިންޑިއާ އިން ވެރިކަންކުރާ ފަޅީގައިވާ އިންޑިއާގެ އަސްކަރީ ބޭސްއަކަށް ހަތިޔާރު އަޅައިގެން ތިބި ބަޔަކު ދިން ހަމަލާއެއްގައި 17 ސިފައިން މަރާލި މައްސަލައާ ގުޅިގެން ހިންދީ ސިނަމާގައި މަސައްކަތް ކުރާ ޕާކިސްތާނު ފަންނާނުން އިންޑިއާ އިން ބޭރުކޮށްލާނެ ކަމުގެ އިންޒާރު މަހާރާޝްތުރަ ނަވްނިރްމަން ސޭނާ (އެމްއެންއެސް) އިން ދީފި އެވެ.

މަހާރާޝްތުރަ ނަވްނިރްމަން ސޭނާ އަކީ މަހާރާޝްތުރަ ސަރުކާރު ހިންގާ ޕާޓީ އެވެ. ޕާކިސްތާނު އެކްޓަރުންނަށް އިންޒާރު ދީފައި ވަނީ އެ ޕާޓީގެ

އެމްއެންއެސް އިން ބުނެފައި ވަނީ ޕާކިސްތާނު ފަންނާނުން އިންޑިއާ އިން ނުކުތުމަށް 48 ގަޑިއިރުގެ މުހުލަތެއް ދޭ ކަމަށެވެ.

އެ މުއްދަތުގައި އިންޑިއާ ދޫކޮށް ނުގޮސްފި ނަމަ، ގަދަކަމުން ބޭރު ކުރާނެ ކަމުގެ އިންޒާރު ވެސް އެ ޕާޓީ އިން ވަނީ ދީފަ އެވެ.

ބޮލީވުޑުގައި ފިޔަ ޖަހަމުން އަންނަ ޕާކިސްތާނު ފަންނާނުންގެ ތެރޭގައި ފަވާދް ޚާން، އަލީ ޒަފަރު، މާހިރާ ޚާން، ރާހަތު ފަތޭ އަލީ ޚާން، އިމްރާން އައްބާސް އަދި މަވްރާ ހޮކޭން ފާހަގަކޮށްލެވެ އެވެ.

ޕާކިސްތާނާއި އިންޑިއާ އިން ކޮންޓްރޯލް ކުރާ ކަޝްމީރުގެ ސަރަހައްދުތައް ވަކި ކުރާ ހުރަސް ރޮނގު ކައިރީ އޮންނަ އުރީ ޓައުންގައިވާ އިންޑިއާގެ އަސްކަރީ ބޭސްއަކަށް ހަތިޔާރު އެޅި ބަޔަކު ވަދެ ދިން ހަމަލާގެ ޒިންމާ ޕާކިސްތާނުން ނަގަން ޖެހޭ ކަމަށް އިންޑިއާ އިން ވަނީ ބުނެފަ އެވެ.

އެ ހަމަލާގައި 17 އިންޑިއާ ސިފައިން މަރުވެފައި ވާއިރު، ހަމަލާ ދިން ހަތަރު މީހުން ވެސް ވަނީ މަރާލައިފަ އެވެ.