24 Sep 2016, 09:21
ނަވާރަސަތޭކަ އަށްޑިހަ ހަތް ވަނަ އަހަރު ނުކުތް ކާމިޔާބު ފިލްމު "މިސްޓާ. އިންޑިއާ"ގެ ދެވަނަ ފިލްމެއް އުފައްދާ ވާހަކަ ދެކެވޭތާ މިހާރު ދުވަސްކޮޅެއް ވެއްޖެ އެވެ. ނަމަވެސް، ރަސްމީކޮށް އެކަން ކަށަވަރު ވެފައެއް ނުވެ އެވެ.
ނަމަވެސް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން، އަނިލް ކަޕޫރު އަދި ސްރީދޭވީ ލީޑު ރޯލުތަކުން ފެނިގެން ދިޔަ ފިލްމުގެ ސީކުއެލްގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެން ދާނެ އެވެ. އަދި ސްރީދޭވީ މިހާރު ފިލްމަށް ތައްޔާރުވާން ފަށާފައިވާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.
އެގޮތުން ފިލްމުގައި ބޭނުންކުރާނެ ކޮސްޓިއުމް ނިންމުމުގެ މަސައްކަތް ސްރީދޭވީ ކުރަމުން އަންނަ ކަމަށްވެ އެވެ.
"މިސްޓާ. އިންޑިއާ" އަކީ ބޮޑު ތަރުހީބެއް ލިބުނު، މިއަދު ވެސް ގިނަ ބަޔަކަށް ކަމުދާ މޮޅު ފިލްމެކެވެ. އެ ފިލްމު ޑައިރެކްޓު ކޮށްފައި ވަނީ ޝޭޚަރު ކަޕޫރު އެވެ.