23 Sep 2016, 23:46
އައްޑޫ ސިޓީ ހިތަދޫގައި މިރޭ ހިންގި ގްރޫޕް މާރާމާރީއެއްގައި ފަސް މީހަކު ޒަހަމްކޮށްލައިފި އެވެ.
ފުލުހުން ބުނީ މިރޭ 10:45 އެހާކަންހާއިރު ހިތަދޫގައި ހިންގި މާރާމާރީގައި ޒަހަމްވި މީހުންނަށް ފަރުވާ ދިނުމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި އެ މާރާމާރީގައި ޒަހަމްވި މީހުންނަށް ސީރިއަސް ޒަހަމްތަކެއް ލިބިފައެއް ނުވެ އެވެ
މާރާމާރީގައި ޒަހަމްވި މީހެއްގެ ބުރަކަށްޓަށް ތޫނު އެއްޗަކުން ހަމަލާދީފައިވާއިރު، ދެ މީހެއްގެ އަތުގެ އެކި ތަންތަނަށް ތުނު އެއްޗަކުން ހަމަލާދީފައިވެ އެވެ. އަދި އެކެއްގެ ބޮލަށް ޒަހަމްތަކެއް ލިބިފައި ހުރުމުން އޭނާއަށް ވެސް ދަނީ ފަރުވާ ދެމުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މާރާމާރީ ހިންގި މީހުން ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ.