ބުރާސްފަތި ދުވަހު، ސިޓީއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ކަނޑައެއްޅުވި ޏ. ފުވައްމުލަކު ހޮސްޕިޓަލުގައި އޮތް ހާލުދެރަ ބަލިމީހަކު އިތުރު ފަރުވާއަށް އެމްއެންޑީއެފް ހެލިކޮޕްޓަރެއްގައި މާލެ ގެނެސްދީފި އެވެ.

އެމްއެންޑީއެފުން ބުނީ، މިރޭ 19:50 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާގެ އެހީތެރިކަމާއެކު "އެމްއެންޑީއެފް ކުރަނގި" ހެލިކޮޕްޓަރުގައި މާލެ ގެނެސްދީފައި ވަނީ ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދިޔަ އުމުރުން 89 އަހަރުގެ އަންހެނެއް ކަމަށެވެ.

މާލެ ގެނެސް އައިޖީއެމްއެޗަށް ގެންދިޔަ އެ މީހާ މާލެ ގެނެސްފައިވަނީ، ނޭވާލާން އުނދަގޫވެ އިތުރު ފަރުވާއަށް މާލެ ގެންދިއުމަށް ޑޮކްޓަރު ލަފާދެއްވުމުން ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެ އެވެ.