ހެލްތު މިނިސްޓްރީގެ ނައިބަކަށް ފާތިމަތު ސައުދާ މިއަދު އައްޔަން ކުރައްވައިފަ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބުނީ ހެލްތު މިނިސްޓްރީގެ ނައިބަކަށް މ. ފިގް ފާތިމަތު ސައުދާ ރައީސް އަބްދުﷲ ޔާމީން މިއަދު އައްޔަންކުރައްވާފައިވާ ކަމަށެވެ.

ހެލްތު މިނިސްޓްރީއަށް މިއަދު ނައިބެއް ހަމަޖެއްސެވި އިރު އެ މިނިސްޓްރީގައި އިތުރު ދެ ޑެޕިއުޓީ މިނިސްޓަރުން ތިއްބަވަ އެވެ. އަދި ސީނިއާ ޕޮލިސީ އެގްޒެކިއުޓިވްގެ ގޮތުގައި ދެ ބޭފުޅުން ތިއްބަވަ އެވެ.