22 Sep 2016, 14:33
މޯލްޑިވްސް ޔުނައިޓެޑް އޮޕަޒިޝަން (އެމްޔޫއޯ) އިން މާލޭގައި ކުރި މުޒާހަރާއެއްގެ ތެރެއިން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކު އެމްޑީޕީ ގައުމީ މަޖިލީހުގެ ތިން މެމްބަރަކު ފުލުހުން ދޫކޮށްލައިފި އެވެ.
ސެޕްމްބަރު އަށް ވަނަ ދުވެހުގެ ރޭ ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކުރީ ރައްޔިތުން މަޖިލީހުގެ ކެދިކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަހުމަދު އީސަ އާއި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު މުހައްމަދު ވަހީދުގެ އިތުރުން މާޒިޔާ ސްޕޯޓްސް ކުލަބް އަދި ގައުމީ ޓީމުގެ މިޑްފިލްޑަރު އައްސަދު އަލީ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު 'ސަން' އަށް ވިދާޅުވީ ފުލުހުންގެ ބަންދުގައި ބަހައްޓަން ނުފެންނާތީ އެ ތިން މީހުން މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.
އެ ތިން މީހުން ވެސް ދޫކޮށްލާފައި އެވަނީ 14 ދުވަހު ފުލުހުންގެ ބަންދުގައި ބެއިތިއްބުމަށް ފަހު އެވެ. އެމީހުން ބަންދު ކުރީ ކޮން މައްސަލައެއްގެ ތަހުގީގަށް ކަމެއް ނޭނގެ އެވެ. ފުލުހުން ބުނެފައި ވަނީ ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް ކަމަށެވެ.