22 Sep 2016, 10:10
އައިފޯން 7 އަދި އައިފޯން 7 ޕްލަސް، އުރީދޫއިން ރާއްޖޭގައި ވިއްކަން ފަށައިފި އެވެ.
އުރީދޫއަކީ އައިފޯން 7 އަދި 7 ޕްލަސް ރާއްޖޭގެ ބާޒާރަށް ލޯންޗު ކުރި ފުރަތަމަ ފަރާތެވެ.
އުރީދޫ އެކްސްޕީރިއަންސް ސެންޓަރުގައި މިއަދު ބޭއްވި ހަފްލާއެއްގައި، އުރީދޫއިން ވަނީ އައިފޯން 7 އަދި 7 ޕްލަސް ވިއްކަން ފަށައިފަ އެވެ. އެގޮތުން، އެންމެ ފުރަތަމަ އައިފޯން 7 އުރީދޫއިން ވިއްކާފައި ވަނީ ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުގެ ކެޕްޓަން އަލީ އަޝްފާގަށެވެ.
ފޯނު ގަތުމަށް އުރީދޫ އެކްސްޕީރިއަންސް ސެންޓަރުގެ ބޭރުގައި ގިނަ އަދަދެއްގެ ބަޔަކު ކިއު ހަދާފައިވެ އެވެ.
އުރީދޫގެ އިތުރަށް، ރާއްޖޭގައި އައިފޯނު 7 އަދި 7 ޕްލަސް ވިއްކާ ފަރާތްތަކަކީ އެޑްއޮން ސްޓޯ، ދިރާގު، އެސްޓާސް، އެލް މޯބައިލް އަދި ފޯކަސް ކޮމްޕިއުޓާސް އެވެ.
އުރީދޫން އެ ކުންފުނީގެ ކަސްޓަމަރުންނަށް އެންމެ ފަހުގެ އައިފޯނު ދޫކުރުމަށް ް ތައާރަފު ކޮށްފައި ވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ފުލް ޕޭމެންޓް ޕްލޭނަކާއި އީޒީ އިންސްޓޯލްމެންޓް ޕްލޭނެވެ.