21 Sep 2016, 18:07
ޖުމްހޫރީ މައިދާނާ ދިމާލުން ބޮޑުތަކުރުފާނު މަގުގައި ދުވާރު ހެދުމުގެ މަސައްކަތް ފަށައިފިއެވެ.
ޖުމްހޫރީ މައިދާން ކައިރިން ބޮޑުތަކުރުފާނު މަގުގައި ދުވާރު ނޯންނާތީ އެ ސަރަހައްދުން ހިނގައި އުޅުމަކީ ނުރައްކާތެރިކަމެކެވެ.
ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރު އިބްރާހިމް ފަޔާޒު މިއަދު ސަން އަށް ވިދާޅުވީ، އެ މަގުގައި ފަސް ފޫޓް ފުޅާ ދުވާރެއް ހެދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ އިރު ކުރިއަށް އޮތް 10 ދުވަސްތެރޭގައި އެމަސައްކަތް ނިންމާލެވޭނެ ކަމަށެވެ.
ދުވާރު ހަދަމުން ދަނީ ޖުމްހޫރީ މައިދާނުގައި ކުރިން ބުރު ހަދާފައިވާ ސަރަހައްދުގައެވެ.
ހައުސިން މިނިސްޓްރީން އެމަސައްކަތް ކުރަނީ ފުލުހުންގެ އެދުމެއްގެ މަތިން ފުލުހުން ދީފައިވާ އިރުޝާދުގެ ދަށުންނެވެ.