21 Sep 2016, 13:42
ރޭ ކުޅުނު މެޗުތަށް ފަސޭހަ ކަމާ އެކު ކާމިޔާބުކޮށް ޗެލްސީ އާއި އާސެނަލް އަދި ލިވަޕޫލް އިން އިނގިރޭސި ލީގު ކަޕްގެ ހަތަރު ވަނަ ބުރަށް ދަތުރުކޮށްފި އެވެ.
ޗެލްސީ ހަތަރު ވަނަ ބުރުން ޖާގަ ހޯދީ ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ލެސްޓާ ސިޓީ 4-2ގެ ނަތީޖާ އަކުން ބަލިކުރުމަށްފަހު އެވެ. ޝިންޖީ އޮކަޒާކީގެ ލެސްޓާއަށް ދެ ގޯލު ކާމިޔާބްކޮށްދީފައި ވަނިކޮށް ޗެލްސީގެ ހަތަރު ގޯލުގެ ތެރެއިން ދެ ގޯލު ސެސް ފެބްރިގާސް ކާމިޔާބްކޮށްދިން އިރު އަނެއް ދެ ގޯލު ކާމިޔާބު ކޮށްދިނީ ގެރީ ކޭހިލް އާއި ސެޒާ އަޒްޕިކުއެލްޓާ އެވެ. އެ މެޗުގެ 89 ވަނަ މިނެޓުގައި ލެސްޓާގެ ވަސިލެވްސްކީ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑައެކު ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ.
ލިވަޕޫލް ހަތަރު ވަނަ ބުރަށް ދަތުރު ކުރީ ރޭ ރަށުން ބޭރުގައި ޑާބީ ކައުންޓީ އަތުން 3-0 އިން މޮޅުވެގެންނެވެ. އެ ޓީމުގެ ގޯލުތަށް ކާމިޔާބްކޮށްދިނީ ރެގްނާ ކްލެވަން އާއި ފިލިއްޕޭ ކުޓީނިއޯ އަދި ޑިވޮކް އޮރީގީ އެވެ.
އާސެނަލް ހަތަރު ވަނަ ބުރުގެ ޖާގަ ކަށަވަރުކުރި އިރު އެޓީމުން ވަނީ ރަށުންބޭރުގައި ނޮޓިންހަމް ފޮރެސްޓް އަތުން 4-0 އިން މޮޅުވެފަ އެވެ. އެ މެޗުގައި އާސެނަލްއާ މިސީޒަނުގައި އަލަށް ގުޅުނު ސްޕެއިން ފޯވާޑް ލޫކަސް ޕެރޭޒް ދެ ލަނޑު ޖެހިއިރު އަނެއް ދެ ގޯލު ކާމިޔާބު ކޮށްދިން ގްރަނިޓް ޗަކާ އާއި އޮލްސްލޭޑް ޗެމްބަލައިން އެވެ.
ލެސްޓާ ސިޓީގި އިތުރުން އެވަޓަން ވެސް ވަނީ ރޭ ކުޅުނު މެޗުން ބަލިވެ މުބާރާތުން ކަޓާފަ އެވެ. އެވަޓަން ބަލިވީ 2-0ގެ ނަތީޖާ އަކުން ނޯވިޗް ސިޓީ އަތުންނެވެ.