ޖަޕާނުގެ މައި ރަށެއް ކަަމަށްވާ، ހޮންޝޫ ސަރަހައްދަށް ރިކްޓަރ މިންގަނޑުން 6.1 މެގްނެޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

ޔޫއެސް ޖިއޮލޮޖިކަލް ސާވޭއާ ހަވާލާދީ ރޮއިޓަސްއިން ބުނީ، ބިންހެލުން އައިސްފައި ވަނީ، ޖަޕާނުގެ އިރުދެކުނު ގައި އޮންނަ އެގައުމުގެ ހަތްވަނައަށް އެންމެ ބޮޑު ރަށް ކަމަށްވާ، ހޮންޝޫގެ އިޒޫ ޖަޒީރާއާ ގާތްގަނޑަކަށް 400 ކިލޯމީޓަރު ދުރުން، 33 ކިލޯމީޓަރު އަޑިން ކަަމަށެވެ.

ރާއްޖޭ ގަޑިން ގާތްގަނޑަކަށް މިރޭ 9:21 ކަންހާއިރު ޖަޕާނަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ސުނާމީއެއް އުފެދިދާނޭކަމުގެ ރިޕޯޓެއް، އަދި އެއްވެސް ގެއްލުމެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައި ނުވާކަމަށް ރޮއިޓާސް ބުނެއެވެ.