20 Sep 2016, 12:19
ހައްޖުގެ މާތް އަޅުކަން އަދާކުރަން ސައުދީއަށް ގޮސް އުޅުނު ދިވެހިންގެ ތެރެއިން ހާލުބޮޑުވެ، ސައުދީ ހޮސްޕިޓަލެއްގައި ކޯމާއެއްގައި އޮތް ދިވެހި ހައްޖު ހައްޖުވެރިޔާ މިއަދު ނިޔާވެއްޖެ އެވެ.
ކިންގް ފައިސަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުންދާތާ ދުވަސްކޮޅެއް ފަހުން މިއަދު ނިޔާވެފައި ވަނީ އއ. އުކުޅަސް، 67، މުހައްމަދު ތައުފީގެވެ. އޭނާއަކީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިއަހަރު ހައްޖަށް ދިޔަ މީހެކެވެ.
އުކުޅަހު ކައުންސިލް ރައީސް ސައުކަތު އިބްރާހިމް "ސަން"އަށް މިއަދު ވިދާޅުވީ ތައުފީގު މިއަދު ނިޔާވެފައިވާ އިރު އޭނާއަކީ ހިތުގެ މައްސަލަ ހުންނަ ވަރަށް ބަލި މީހެއް ކަމަށެވެ. އެތައް ފަހަރަކު ރާއްޖެއިން ބޭރުން ފަރުވާ ހޯދާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ތައުފީގަށް އައިސީޔޫގައި ފަރުވާދެމުން ދަނީ "ޝޮކެއް" ޖެހުމުގެ ސަބަބުންނެވެ.
ހައްޖަށް ދިޔަ ދިވެހި ހައްޖާޖީންގެ ތެރެއިން ދެ މީހަކު ވަނީ މަރުވެފަ އެވެ.
ހައްޖުގެ މާތް އަޅުކަން އަދާކުރުމަށް ފަހު ހައްޖުވެރިން މިހާރު ވަނީ ރާއްޖެ އަންނަން ފަށައިފަ އެވެ.