20 Sep 2016, 12:02
އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އަށް 17 ރެޖިސްޓާޑް ނަރުހުން ބޭނުންވެގެން އިއުލާނުކޮށްފި އެވެ.
އައިޖީއެމްއެޗުން ވަނީ މި އަހަރުގެ ޖެނުއަރީ އަދި އޭޕްރީލް މަހުގެ ތެރޭގައި ވެސް ރަޖިސްޓާޑް ނަރުހުން ހޯދުމަށް އިއުލާންކޮށްފަ އެވެ.
އެ ހޮސްޕިޓަލުން މިއަދު ބުނީ ރެޖިސްޓާޑް ނަރުހުންގެ މުސާރަ އަކީ 5610 ރުފިޔާ ކަމަށެވެ. އަދި ސާވިސް އެލަވަންސެއްގެ ގޮތުގައި ކޮންމެ މަހަކު ވެސް 2500 ރުފިޔާ ލިބޭނެ ކަމަށާއި ރިސްކު އެލަވަންސެއްގެ ގޮތުގައި މަސައްކަތަށް ނުކުންނަށް ކޮންމެ ދުވަހަކަށް 100 ރުފިޔާ ލިބޭނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.
ކުރަން ޖެހޭ މައިގަނޑު މަސައްކަތްތައް:
- ވޯޑެއްހިންގުމުގައި އެކަށީގެންވާ ގޮތަށް ނާސިން ކެއާ ދެވޭނޭ ފަދަ އިންތިޒާމުތައް ރޭވުން ބަލި މީހުންނަށް ނާސިންގްް ކެއާ ދިނުމާއި، އަދި މިކަމުގައި އިޙްސާންތެރިކަމާ އެކު އެމީހުންގެ ޖިސްމާނީ ނަފުސާނީ އަދި އިޖުތިމާޢީ ބޭނުންތަކަށް ރައްކާތެރިވުން.
- ބަލިމީހުންނަށް ދިމާވާ އާދަޔާ ޚިލާފު ކަންތައްތައް ޑޮކްޓަރުންނަށް ރިޕޯޓްކުރުމާއި އަދި ރިފާކޮށްފައިތިބޭ މީހުން އެޑޮކްޓަރަކަށް އެންގުން.
- ޑޮކްޓަރުންގެ ލަފާގެ މަތިން ބަލި މީހުންނަށް ދެވޭ ފަރުވާ ރީހެބިލިޓޭޝަނާ ބެހޭ ގޮތުން އެމީހުންނަށް މައުލޫމާތު ދިނުން
- ދިމާވާ އިމަޖެންސީތައް ވަގުތުން ކަމާ ބެހޭ ޑޮކްޓަރުންނަށް އެންގުމާއި ޑޮކްޓަރުން އަންނަންދެން އެފަދަ އިމަރޖެންސީތައް މެނޭޖްކުރުން.
ތަޢުލީމާއި ތަޖުރިބާ:
- ސަރުކާރު ގަބޫލުކުރާ އިންސްޓިޓިއުޓެއްގައި ނާސިން ޑިޕްލޮމާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓު ހާސިލުކޮށްފައިވުން ނުވަތަ،
- ޑިޕްލޮމާއިން ކޮންވާޝަން އިން ނާސިންގް ކޯސް ފުރިހަމަކޮށްފައިވުން
އައިޖީއެމްއެޗުން ބުނީ އެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެ މަގާމަށް ގާބިލު ފަރާތްތައް ނެގުމުގައި ތިން ކަމަކަށް ބަލާނެ ކަމަށެވެ. އެގޮތުން ހާސިލުކޮށްފައިވާ ތައުލީމާއި ތަމްރީނާއި މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާގެ އިތުރުން ގާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކުރާނެ ކަމަށެވެ.
އެ މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކުން އަންނަ މަހުގެ ހަތަރުވަނަ ދުވަހުގެ މެންދުރު 1:30ގެ ކުރިން އައިޖީއެމްއެޗަށް އެކަމަށް އެދި ހުށަހެޅުމަށް ވެސް އައިޖީއެމްއެޗުން އެދިފައިވެ އެވެ. އަދި އޭގެފަހުން ހުށަހަޅާ އެއްވެސް ފޯމެއް ލިޔުމެއް ބަލައިނުގަނެވޭނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.