20 Sep 2016, 10:16
ސޯލް (ސެޕްޓެމްބަރު 19): އުތުރު ކޮރެއާ އިން ސެޓެލައިޓް ލޯންޗު ކުރާ ރޮކެޓް އިންޖީނެއް ކާމިޔާބު ކަމާ އެކު ޓެސްޓުކޮށްފި ކަމަށް އެގައުމުގެ މީޑިއާ، ކޮރެއަން ސެންޓްރަލް ނިއުސް އޭޖެންސީ (ކޭސީއެންއޭ) އިން ބުނެފި އެވެ.
ކޭސީއެންއޭގައިވާ ގޮތުން އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ވަނީ އެގައުމުން ސެޓެލައިޓެއް ލޯންޗު ކުރުމަށް ތައްޔާރު ކުރުމަށް ސައިންސުވެރިންނަށް އަންގަވާފަ އެވެ. އެއިންޖީނުގެ ސަބަބުން އުތުރު ކޮރެއާއަށް ދުނިޔޭގެ ފެންވަރުގައި ތަފާތު ބާވަތުގެ ސެޓެލައިޓު ލޯންޗު ކުރެވޭނެ ކަމަށް ކޭސީއެންއޭ އިން ބުންޏެވެ.
އުތުރު ކޮރެއާއިން ބުނާ ގޮތުގައި އެގައުމުން ވަނީ ފަސް ނިއުކްލިއާ ހަތިޔާރު ކާމިޔާބު ކަމާ އެކު ޓެސްޓުކޮށްފަ އެވެ. އަދި މިމަސް ތެރޭގައި އުތުރު ކޮރެއާގެ ސަބްމެރިންއަކުން ލޯންޗު ކުރި ބެލިސްޓިކް މިސައިލަކީ އެގައުމުން ލޯންޗުކުރި އެންމެ ކާމިޔާބު އެފަދަ މިސައިލް ކަމަށް އޮފިޝަލުން ވަނީ ބުނެފަ އެވެ. (ސީއެންއެން)