ސަތޭކައަށް ވުރެ ގިނަ ބަނގުރާ ކޭސްތަކެއް ހުޅުމާލެއިން ފުލުހުން ހޯދައިފި އެވެ. އެ ރާ ފުޅިތައް ފުލުހުން ހޯދީ ހުޅުމާލޭގައި މިރޭ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގަ އެވެ.

ފުލުހުން ބުނީ ހުޅުމާލޭގައި ބިދޭސީން އުޅޭ ކަމަށް ބެލެވޭ ރޯހައުސް އަކުން ގިނަ ޢަދަދެއްގެ ބަނގުރާފުޅި އާއި ދަޅުތަކެއް ފެނި އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ގޮތުގައި މިތަކެތި ރޯހައުސް އަށް ވައްދަން މަސައްކަތްކޮށްފައި ވަނީ ޖަމްބޯ ބޭގްސްތަކަކަށް އަޅައިގެން ކަމަށެވެ.