އެޕަލްއިން އެންމެ ފަހުން ތަޢާރަފްކުރި އައިފޯން ކަމަށްވާ އައިފޯން 7 އަދި އައިފޯން 7 ޕްލަސް، އުރީދޫ މޯލްޑިވްސް އިން އަންނަ ބުރާސްފަތި ދުވަހު ރާއްޖެއަށް ތައާރަފުކުރާނޭ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އުރީދޫން ބުނީ، މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން އުރީދޫ ކަސްޓަމަރުންނަށް އައިފޯން 7 އަދި 7 ޕްލަސް، ގަންނަން ލިބޭނޭ ކަމަށެވެ. އެގޮތުން އެ ކުންފުނިން ވަނީ އުރީދޫގެ ކަސްޓަމަރުންނަށްޕެކޭޖްތަކެއް ވެސް ތައާރަފްކޮށްފައެވެ.

އުރީދޫން އެ ކުންފުނީގެ ކަސްޓަމަރުންނަށް އެންމެ ފަހުގެ އައިފޯނު ދޫކުރުމަށް ޚާއްސަކޮށްފައިވާ ދެ ޕެކޭޖަކީ،ފުލްޕޭމަންޓް ޕްލޭނާއި، އީޒީ އިންސްޓޯލްމަންޓް ކޮންޓްރެކްޓް ޕްލޭނެވެ.

ފުލް ޕޭމަންޓް ޕްލޭންގެ ދަށުން ފޯނު ގަންނަ ފަރާތްތަކަށް، އުރީދޫގެ ކޮންމެ ނަންބަރަކަށް ވެސް ހިލޭ ގުޅޭ ގޮތަށް 1200 ފްރީ މިނިޓްސް، އާއި 12ޖީބީ ޑާޓާ އާއެކު ތިރީގައިވާ އަގުތަކުގައި ފޯނު ގަންނަން ލިބޭނެއެވެ.

  • އައިފޯން-7 32ޖީބީ - 13,899 ރުފިޔާ

  • އައިފޯން-7 128ޖީބީ - 15,899 ރުފިޔާ
  • އައިފޯން-7 256ޖީބީ - 17,899 ރުފިޔާ
  • އައިފޯން-7 ޕްލަސް 32ޖީބީ - 16,399 ރުފިޔާ
  • އައިފޯން-7 ޕްލަސް 128ޖީބީ - 18,399 ރުފިޔާ
  • އައިފޯން-7 ޕްލަސް 256ޖީބީ - 20,499 ރުފިޔާ

އީޒީ އިންސްޓޯލްމަންޓް ކޮންޓްރެކްޓް ޕޭމަންޓް ޕްލޭންގެ ދަށުން ފޯނު ގަންނަ ފަރާތްތަކަށް، އަހަރު ދުވަހުގެ ތެރޭގައި ފައިސާ ދައްކާގޮތަށް ދަށްވެގެން މަހަކު 899 ރުފިޔާއިން ފެށިގެން، ފޯނަށް ފައިސާ ދެއްކެން ހުންނައިރު، އަހަރު ދުވަހަށް 36ޖީބީ ޑާޓާ އާއެކު ތިރީގައިވާ އަގުތަކުގައި ފޯނު ގަންނަން ލިބޭނެއެވެ.

  • އައިފޯން-7 32ޖީބީ - 899 ރުފިޔާ

  • އައިފޯން-7 128ޖީބީ - 1,099 ރުފިޔާ
  • އައިފޯން-7 256ޖީބީ - 1,249 ރުފިޔާ
  • އައިފޯން-7 ޕްލަސް 32ޖީބީ - 1,099 ރުފިޔާ
  • އައިފޯން-7 ޕްލަސް 128ޖީބީ - 1,299 ރުފިޔާ
  • އައިފޯން-7 ޕްލަސް 256ޖީބީ - 1,449 ރުފިޔާ

ފަހުގެ އައިފޯންގައި މުޅިން އައު އެޑްވާންސްޑް ކެމެރާ ސިސްޓަމެއްގެ އިތުރުން، މިހާތަނަށް އައިފޯންއެއްގައި އެކުލަވާލެވިފައިވާ އެންމެ ބާރުގަދަ ބެޓަރީ ހިމެނެއެވެ. އައިފޯން 7 އަދި އައިފޯން 7 ޕްލަސް ވެސް ފަރުމާކޮށްފައިވަނީ ފެނާއި ހިރަފުހުން ގެއްލުމެއް ނުލިބޭގޮތަށެވެ.