ހައްޖުގެ މާތް އަޅުކަން އަދާކުރަން ގޮސް އުޅުނު ދިވެހިންގެ ތެރެއިން ހާލުބޮޑުވި ހައްޖު ކޯޕަރޭޝަން ހައްޖުވެރިޔާގެ ހާލު ރަނގަޅު ނުވާ ކަމަށް އެކޯޕަރޭޝަން އިން ބުނެފި އެވެ.

ދުވަސްވީ އެފިރިހެންމީހާގެ ވަނަ ވަރު އާއިލާގެ އެދުމަށް ހާމަނުކުރާއިރު ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދްރީސް މިއަދު ސަން އަށް ވިދާޅުވީ އޭނާ އޮތީ ކޯމާއެއްގައި ކަމަށާއި އޭނާގެ ހާލު ރަނގަޅު ނުވާ ކަމަށެވެ.

އެ ހައްޖުވެރިއާ އަށް އައިސީޔޫގައި ފަރުވާދެމުން ދަނީ "ޝޮކެއް" ޖެހުމުގެ ސަބަބުންނެވެ.

ކިންގް ފައިސަލް ހޮސްޕިޓަލްގެ އައިސީޔޫގައި އޭނާއަށް ފަރުވާދެމުންދާއިރު އޭނާ ރާއްޖެގެނެވޭނެ ގޮތެއް އަދި ނެތް ކަމަށް ހައްޖު ކޯޕަރޭޝަންއިން ބުނެ އެވެ.

ހައްޖަށް ދިޔަ ދިވެހި ހައްޖާޖީންގެ ތެރެއިން ދެ މީހަކު ވަނީ މަރުވެފަ އެވެ.

ހައްޖުގެ މާތް އަޅުކަން އަދާކުރުމަށް ފަހު ހައްޖުވެރިން މިހާރު ވަނީ ރާއްޖެ އަންނަން ފަށައިފަ އެވެ.