އެމެރިކާގެ ފްލޮރިޑާގައި ކުރައްދިޔަ ފްލައިބޯޑް ވޯލްޑް ޗެމްޕިއަންޝިޕްގެ އަށް ވަނަ ރާއްޖޭގެ އެއްވަނަ ފްލައިބޯޑަރު އިބްރާހިމް ހުސެން (އިއްބަޑޭ) އަށް ލިބެއްޖެއެވެ.

މިއަދު ނިމުނު އެމުބާރާތުގައި އިއްބަޑޭ ވަނީ ގަދަ 16 ގައި ވާދަކޮށް ދުނިޔޭގެ ފަސް ވަނައަށް ރޭންކް ކުރެވިފައިވާ އިނގިރޭސިވިލާތުގެ އެއްވަނަ ފްލައިބޯޑަރު ސޮނީ ބީންގެ މައްޗަށް ކުރި ހޯދައިގެންނެވެ.

އިއްބަޑޭ(ކ-2) އޭނާ ވަނީ ވޯލްޑް ޗެމްޕިއަންޝިޕްގެ އަށް ވަނަ ހޯދާފަ --- ފޮޓޯ: އެފްބީ

ގަދަ އަށެކުން އިއްބަޑޭ ކެޓީ ފްރާންސްގެ ސްޓީވް ޕާމާ އަތުން ބަލިވެގެންނެވެ. ޕަމާ ވަނީ ސެމީފައިނަލްގައި އެމެރިކާގެ ޑެމޯން ރިޕްޕީ އަތުން މޮޅުވެ މުބާރާތުގެ ދަވަނަ ހޯދާފައެވެ. މުބާރާތުގެ އެއްވަނަ ހޯދީ ތައިލެންޑްގެ ސުކްސަން ޓޮންގްތައި އެވެ.

އިއްބަޑޭ ވަނީ މީގެ ކުރިން އެތައް ފަހަރަކު ރާއްޖޭއިން ބޭރުގެ މުބާރާތް ތަކުގައި ބައިވެރިވެ ރަނގަޅު ކާމިޔާބީތަކެއް ވެސް ހޯދައިފައެވެ. އެގޮތުން ހައިޑްރޯފްލައިޓުން މިދިޔަ މަހު އާންމު ކުރި ވޯލްޑް ރޭންކިންގ ގައި އޭނާ ހިމެނެނީ 17 ވަނައިގައެވެ.

އިއްބަޑޭ ވަނީ ދާދި ފަހުން ފްރާންސްގައި ބޭއްވުނު ޔޫރަޕިއަން ފްލައިބޯޑް ޗެމްޕިއަންޝިޕްގެ ތިންވަނަ ހޯދާފައެވެ.