ޕެޓްރޯލިއަމް ޖެލީ ނުވަތަ ވެސްލީން އަކީ ދިވެހިންނާ ވަރަށް ރަށްޓެހި އަދި ވަރަށް ފަސޭހަ އިން ލިބެން ހުންނަ އެއްޗެކެވެ. ވެސްލީން އަކީ އެއިން ވަރަށް ގިނަ ފައިދާތަކެއް ލިއްބައިދޭ އެއްޗެކެވެ. ޚާއްސަކޮށް ތިމާގެ ހަންގަނޑު ރީތިކޮށް ބެހެއްޓުމަށެވެ.

1. ތުންފަތް ހިކުމުން ދުރުކޮށްދޭ

ކޮންމެ ދުވަހަކު ވެސް ތުންފަތުގައި ވެސްލީން އުނގުޅާނަމަ، ތުންފަތް ހިކުމާއި ފަޅައިގެން ދިއުމުން ދުރުކޮށްދޭނެ އެވެ. ތުންފަތުގައި ގިނައިން ވެސްލީން އުނގުޅާނަމަ، ތުންފަތް ތާޒާކޮށް ބެހެއްޓުމަށް ވެސް އެހީތެރިވެދެ އެވެ.

2. ފައިތިލަ އާއި އަތްތިލަ އޮމާންކޮށް ބަހައްޓައިދޭ

ތުންފަތުގެ އިތުރުން އަތްތިލަ އާއި ފައިތިލަ ވެސް ވަރަށް އަވަހަށް ހަރުވެ، ފަޅައިގެންދާ ގޮތް މެދުވެރިވެ އެވެ. އެހެންކަމުން ކޮންމެ ރެޔަކު ނިދުމުގެ ކުރިން އަތާއި ފައިގައި ވެސްލީން އުނގުޅާށެވެ. އެއަށްފަހު އިސްޓާކީނަށް އަރައި އަތްތިލަ ވެސް ނިވާވާ ގޮތަށް ފޮތި އަންގިއެއް ކަހަލަ އެއްޗެއް ލައްވާށެވެ. ހެނދުނު ތެދުވާއިރު ތަފާތު ފާހަގަ ކުރެވޭނެ އެވެ.

3. ބުމަ ވެސް ހަމައަކަށް އަޅުވާނެ

ބުމައިގައި ހުންނަ އިސްތަށިތައް ރީތިކޮށް ނުހުރުމަކީ ވެސް ގިނަ ބަޔަކު ހިތްހަމަ ނުޖެހޭ ކަމެކެވެ. އެހެންކަމަށް ވާނަމަ، ބުމައިގައި ކުޑަ ވެސްލީން ކޮޅެއް ހާކަލުމަށް ފަހު ބުމަ އެއްވަރު ކުރަން ގެންގުޅޭ ބުރުހުން ރީތިކޮށްލާށެވެ. އޭރުން އިސްތަށިތައް ރީތިކޮށް ނުހުންނާތީ ޝަކުވާ ކުރާކަށް ނުޖެހޭނެ އެވެ.

4. މޫނުމަތި ތާޒާ ކުރުމަށް

މޫނުމަތީގެ ވިދުން ގެނެސް، ތާޒާކޮށްލުމަށް ބުމަ މަތީގަ އާއި ކޯ ކަށިގަނޑުގެ މަތީގައި ކުޑަ ވެސްލީން ކޮޅެއް އުނގުޅާލާށެވެ. އޭރުން މޫނު ތާޒާކަމަށް ދައްކާނެ އެވެ. ނަމަވެސް ވަރަށް ކުޑަ ވެސްލީން ކޮޅެއް ބޭނުން ކުރުމަށް ސަމާލުކަން ދޭށެވެ. މާ ގިނައިން ވެސްލީން އުނގުޅިއްޖެ ނަމަ މޭކަޕް ފޮހެވި، މޫނު ތެޔޮވެފައި ހުންނަ ކަމަށް ދައްކާނެ އެވެ.

5. ފައިގެ ރީތިކަން ވެސް ފުރިހަމަކޮށްދޭ

ފައިގައި ވެސްލީން އުނގުޅުމުން ފައިގެ ހަންގަނޑު ހިކުމުން ދުރުކޮށްދެ އެވެ. އޭގެ އިތުރުން ފައިގައި ކަޅުވެފައި ހުންނަ ތަންތަން ވެސް ރީތިކޮށްދެ އެވެ. ކޮންމެ ދުވަހަކު ފެން ވެރުމުގެ ކުރިން، މޭޒުމަތީ ސަމުސަލެއްގެ ވެސްލީން އާއި ދެ މޭޒުމަތީ ސަމުސާ ހަކުރު އެއްކުރުމަށް ފަހު ފައިގައި އުނގުޅާށެވެ. އަދި ބޭރަށް ދިއުމުގެ ކުރިން ފައިގައި ވެސް ތުނިކޮށް ވެސްލީން އުނގުޅާށެވެ.