އައްޑޫ ސިޓީގެ ހުޅުމީދޫގެ ކުޅި ސަރަހައްދުގައި އަލިފާން ރޯވެ، އަނދަމުން އެބަ ދެ އެވެ.

ފުލުހުން ބުނީ އެސަރަހައްދުގައި އަލިފާން ރޯވި ކަމުގެ މައުލޫމާތު، 18:27 ހާ އިރު ހުޅުމީދޫގެ ޕޮލިސްޓޭޝަނަށް ލިބުމާ އެކު، ފުލުހުން ވަނީ އެސަރަހައްދުގައި ހަރަކާތްތެރިވާން ފަށައިފަ އެވެ.

އެގޮތުން، އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ރައްޔިތުންނާ ގުޅިގެން ފުލުހުން ކުރަމުންދާ އިރު، މިހާރު އަލިފާންގަނޑު ކޮންޓްރޯލު ކުރެވެން ފަށާފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ، އެ ހާދިސާގައި އެއްވެސް މީހަކަށް ނުވަތަ މީހެއްގެ ގޯތި ގެދޮރަށް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތެއް ލިބިފައި ނުވާ ކަމަށެވެ.

އަދި އަލިފާންގަނޑު ރޯވާން މެދުވެރިވި ސަބަބު ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.