18 Sep 2016, 12:14
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް މެދުތެރޭގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފި އެވެ.
އިއްޔެ ވެސް ވަނީ ރާއްޖޭގެ ބޮޑު ބަޔަަކަށް ވިއްސާރަވެ ބޯކޮށް ވާރޭ ވެހިފަ އެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް ލަފާކޮށް މެޓް އޮފީހުން ބުނީ އާންމު ގޮތެއްގައި ވެސް ގަދަވެ އަދި ވިިލާގަނޑުގައި ގަދަވާނެ ކަމަށެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކުރާ ގޮތް
ވައިޖެހޭނީ ހުޅަނގު ދެކުނާއި ހުޅަނގުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 7 މޭލާ 17 މޭލާ ދެމެދުގެ ބާރުމިނުގައި
- އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނުގައި
- ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 40 މޭލަށް ވައިގަދަވާނެކަމަށް ވެސް ލަފާކުރެވޭ
މެޓް އޮފީހުން ބުނީ ރާއްޖޭގެ ކަނޑުތައް ދެކުނުގައި އާާދައިގެ ވަރަކަށް ގަދަވެފައި އުތުރާއި މެދުތެރޭގެ ކަނޑުތަށް ޢާއްމުގޮތެއްގައި ގަދަވާނެެ ކަމަށެވެ.