18 Sep 2016, 09:22
ނިއުޔޯކް (ސެޕްޓެމްބަރު 18): އެމެރިކާގެ ނިއުޔޯކުގައި އެއްޗެއް ގޮއްވާލުމުގެ ސަބަބުން 29 މީހަކަށް އަނިޔާވެއްޖެ އެވެ.
އެ ހާދިސާގައި އަނިޔާވި މީހުންގެ ތެރެއިން ހާލު ސީރިއަސްވީ އެންމެ މީހެކެވެ. ނިއުޔޯކުގެ މޭޔަރު ބިލް ޑި ބްލާސިއޯ ވިދާޅުވި ގޮތުގައި ނިއުޔޯކުގައި ގޮވީ ކޮން އެއްޗެއްކަން އަދި ދެނެނުގަނެވޭ ކަމަށާއި ނަމަވެސް އެ އެއްޗެއް ގޮސްވާލާފައި ވަނީ ގަސްތުގައިކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށެވެ. އެ ގޮވުން ގޮއްވާލާފައި ވަނީ ޑަސްބިނެއްގެ ތެރެއަށް ގޮވާ ޒާތުގެ އެއްޗެއް ލައިގެންނެވެ.
ނިއުޔޯކުގައި އެހާދިސާ ހިނގުމުގެ ކުރިން ނިއުޖާޒީގެ ޑަސްބިނެއް ތެރޭން ވަނީ ޕައިޕް ބޮމެއް ގޮއްވާލާފަ އެވެ.
ނިއުޔޯކުގައި ހިނގި ހާދިސާ އާ ނިއުޖާޒީގައި ހާދިސާއާ ގުޅުމެއްވާ ކަމެއް ނުވަތަ އެއީ ޓެރަރިޒަމްއާ ގުޅުން ހުރި ހާދިސާއެއް ކަން އަދި ޔަގީންވެފައި ނުވާ ކަމަށް ޑި ބްލާސިއޯ ވިދާޅުވި އެވެ. އެފްބީއައި އިން މިހާރު އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް މޭޔަރު ވިދާޅުވި އެވެ. (ބީބީސީ)