ރާއްޖޭގެ ބައެއް ހިސާބުތަކަށް، ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައިވެސް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ އިދާރާ، މެޓް އޮފީހުން ލަފާކޮށްފިއެވެ.

މެޓް އޮފީހުގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ، އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭ ކަމަށާއި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި އަދި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް މެޓް އޮފީހުގެ އޮފިޝަލް ވިދާޅުވި އެވެ.

އީދުގެ ދަތުރުތައް ނިންމުމަށް ފަހު އިއްޔެ އަދި މިއަދު ވެސް ވަނީ ރާއްޖޭގެ ކަނޑުތަކުގައި ގިނަ ދަތުރުތަކެއް ކޮށްފައެވެ.

އޮފިޝަލް ވިދާޅުވީ މޫސުމަށް ބަލައިގެން ދަތުރު ކުރުމަށް ދަތުރު ކުރާ ހުރިހާ ފަރާތްތަކަށް އިލްތިމާސް ކުރާ ކަމަށެވެ.