ވޮޝިންޓަން (ސެޕްޓެމްބަރު 17): އިސްލާމިކް ސްޓޭޓް (އައިއެސް)ގެ މައުލޫމާތު ފަތުރާ މިނިސްޓަރު ކަމަށްވާ ވާއިލް އާދިލް ހަސަން ސަލްމާން އަލް ފަޔާދު މަރާލައިފި ކަމަށް އެމެރިކާ އިން ބުނެފި އެވެ.

ޑރ. ވާއިލްގެ ނަމުން މަޝްހޫރުވެފައިވާ ފަޔާދަކީ އައިއެސްއިން މީހުން މަރާ މަންޒަރު ދައްކާ ޕްރޮޕަގަންޑާ ވީޑިއޯތައް އުފެއްދުމުގައި އިސްކޮށް އުޅުނު އައިއެސްގެ ލީޑަރެއް ކަމަށް ޕެންޓަގަންއިން ބުންޏެވެ. ސީރިއާގެ ރައްގާގައި އެމެރިކާ އިން ދިން ވައިގެ ހަމަލާއެއްގައި ފަޔާދު މަރާލާފައި ވަނީ މިމަހުގެ ހަތް ވަނަ ދުވަހު ކަމަށް ޕެންޓަގަން އިން ބުންޏެވެ.

"އައިއެސްގެ އިސް ލީޑަރުން މެރުމުން އެޖަމާއަތުން ހިފާފައިވާ ބިންތަކުގައި ދެމިތިބުމަށާއި އެ ސަރަހައްދުތަކާއި އޭގެއިން ބޭރުގައި ހަމަލާ ދިނުމަށް ރާވައި، އެކަމަށް ފައިސާ ހޯދުމަށާއި ހަމަލާ ދިނުމަށް ހުރަސް އެޅޭނެ،" ޕެންޓަގަންގެ ޕްރެސް ސެކްރެޓަރީ ޕީޓާ ކުކް ވިދާޅުވި އެވެ.

ފަޔާދަކީ އެމެރިކާ އިން މީގެ ކުރިން ދިން މަރާލާފައިވާ އައިއެސްގެ ހަމަލާތައް ރޭވުމުގައި އިސްކޮށް އުޅުނު އަބޫ މުހައްމަދު އަލް އަދުނާނީގެ އަރިސް މީހެކެވެ. އަދުނާނީ މަރާލުމުގެ ކުރިން އެމެރިކާ އިން އޮތީ އޭނާގެ ބޮލަށް ފަސް މިލިއަން ޑޮލަރު ހުށަހަޅައިފަ އެވެ. (ބީބީސީ)