ފ. ބިލެތްދޫ ރަށު ކައުންސިލް ތިޖޫރީ ފަޅައިލަން އުޅުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީ ބިލެތްދޫ ރަށު ކައުންސިލުގެ ތިޖޫރީ ފަޅައިލަން ބަޔަކު އުޅުނު ކަމަށް މިއަދު ރިޕޯޓް ކުރުމުން މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށާއި މި މައްސަލައާ ގުޅިގެ މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

"ފަޅައިލަން މަސައްކަތް ކުރި ތިޖޫރީގައި ވަރަށް ގިނަ އަދަދެއްގެ ފައިސާ ހުރި، ނަމަވެސް ތިޖޫރީ ފަޅައިލެވިފައެއްނުވޭ. މައްސަލަ ފުލުހުން ބަލަމުން އަންނައިރު އަދި މީހަކު ވެސް ހައްޔަރުކޮށްފައެއް ނުވޭ،" ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވި އެވެ. "މައްސަލައިގެ އިތުރު ތަފުސީލު ފަހުން ދޭނަން،"

ސަންއަށް އެނގިފައިވާ ގޮތުގައި ބިލެތްދޫ ރަށު ކައުންސިލުގެ ތިޖޫރީ ފަޅައިލާ ފައިސާ ވަގަށް ގެންދަން ބަޔަކު މަސައްކަތްކޮށްފައި ވަނީ ރޭގަ އެވެ.