ރޭގެ ވަގުތެއްގައި ހުޅުމާލޭގައި ދުއްވި ޕްރައިވޭޓް ކާރެއް ކޮންޓްރޯލް ނެއްޓިގެންގޮސް ކެފޭއެއްގެ ބިއްލޫރިގަނޑުގައި ޖެހި ގެއްލުންތަކެއް ވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ، އެ އެކްސިޑެންޓް ހިނގާފައި ވަނީ ރޭ ގާތްގަނޑަކަށް މެންދަމު 3:00 ހާއިރު ކަމަށެވެ.

ނިރޮޅުމަގުން ނުވަ ނަންބަރު ގޮޅި ކައިރިން ހުޅަނގުން އިރަށް ދުއްވާފައި ދިޔަ އެ ކާރު ކޮންޓްރޯލް ނުވެގެން ގޮސް ވަދެފައި ވަނީ އެ ސަރަހައްދުގައި ޗައިނާގެ ބަޔަކު ހިންގާ "ޓްރޫ ބެއިޖިން" ނަމަކަށް ކިޔާ ކެފޭއަކަށް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ، އެކްސިޑެންޓްގެ ސަބަބުން އެއްވެސް މީހަކަށް ހާނީއްކައެއް ވެފައި ނުވާ ކަމަށެވެ.

އެ ކާރު ދުއްވަން އިނީ ދިވެއްސެއް ކަމަށާއި އޭނާ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތް ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ކާރު ދުއްވަން އިން ޑްރައިވަރު މިހާރު ހައްޔަރުކޮށްފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.