ދިވެހިރާއްޖޭގެ ޙާޖީން 1437 ވަނަ އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާ ކުރުމަށް ރާއްޖެ އައުމަށް ފުރަން ފަށާފައިވާ އިރު، ހައްޖުވެރިންގެ ފުރަތަމަ ފްލައިޓް މިއަދު މާލެއަށް އަތުވެއްޖެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއަދު ރާއްޖެއަށް ފުރުމަށް ހަމަޖެހިފައިވަނީ، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ 252 ޙާޖީން ކަމަށެވެ.

އެ މިނިސްޓްރީން ބުނީ އެ ހުރިހާ ޙާޖީން ވަނީ ޖިއްދާގެ އެއާޕޯޓަށް ދިއުމަށްޓަކައި ހުކުރު ދުވަހު އެއްގަމު މަގުން ބަހުގައި ދަތުރު ފަށާފައި ކަމަށެވެ. އަދި މައްކާއިން ޖިއްދާއަށް ބަހުގައި ކުރާ ދަތުރަކީ ގާތްގަނޑަކަށް ދެ ގަޑިއިރުގެ ދަތުރެއް ކަމަށެވެ.

ޙައްޖުގެ އަޅުކަމަށް ދިޔަ ދިވެހީން ވަނީ، މައްކާއަށްގޮސް އުމްރާކުރުމަށްފަހު މަދީނާއަށް ދަރުތުކޮށް މަދީނާގައި ދެ ދުވަސް ހޭދަކޮށް، ދެވަނަ އުމްރާވެސް ފުރިހަމަކޮށް ޒުލްހައްޖު މަހުގެ އަށްވަނަ ދުވަހު މިނާއަށް ދަތުރުކޮށްފައި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއަދުން ފެށިގެން މިމަހުގެ 24ގެ ނިޔަލަށް ރާއްޖެއިން ހައްޖަށް ދިޔަ ހުރިހާ ހައްޖުވެރިން ރާއްޖެއަށް އައިސް ނިމޭނެ ކަމަށެވެ.