ޏ. ފުވައްމުލަކު ދޫނޑިގަން ޓީމް 3-4ގެ ނަތީޖާ އަކުން ބަލިކޮށް، ސ. ފޭދޫ ޓީމް މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޒޯން އަށެއްގެ ޗެމްޕިއަންކަން ދެވަނަ ފަހަރަށް ހޯދައިފިއެވެ.

ހިތަދޫ ފުޓްބޯޅަ ދަނޑުގައި އިއްޔެ ކުޅުނު އެ މެޗުގައި ފޭދޫގެ ހަތަރު ގޯލި ވެސް ކާމިޔާބު ކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އިބްރާހިމް މަހްދީ ހުސެއިންނެވެ. ދޫނޑިގަންގެ ތިން ގޯލު ވެސް ކާމިޔާބް ކޮށްދިނީ ޖަޕާން ފޯވާޑް ކައެޗީ އެވެ.

މިނިވަން ޗެމްޕިއަންޝިޕްގެ ޒޯން އަށެއްގެ ރަނަރަޕް ދޫނޑިގަން ޓީމް ---

އެންމެ ފަހުގެ މިނިވަން 50 ޗެމްޕިއަންޝިޕް ވެސް ކާމިޔާބު ކޮށްފައިވާ ފޭދޫ ޓީމް ޒޯން އަށެއްގެ ފައިނަލަށް ދަތުރުކުރީ ފުރަތަމަ ބުރުގެ އައްޑޫ ސިޓީގެ ޗެމްޕިއަނުންގެ ގޮތުގައެވެ.

މިނިވަން ޗެމްޕިއަންޝިޕް މުބާރާތަށް ކޮލިފައިވާ ޓީމްތައް ކަށަވަރުވެގެން ދާނީ ޒޯން މުބާރާތުގެ މެޗްތައް ކުޅެ ނިމުމުންނެވެ.