17 Sep 2016, 11:08
ނަވާރަސަތޭކަ ނުވަދިހަ ހަތް ވަނަ އަހަރު ނުކުތް ބްލޮކްބަސްޓަރ ފިލްމު 'ޖުޅްވާ'ގެ ސީކުއެލް 'ޖުޅްވާ 2' ރިލީޒް ކުރާނެ ތާރީޚު ކަނޑައަޅައިފިއެވެ.
ޑޭވިޑް ދަވަން ޑައިރެކްޓްކޮށް، ސާޖިދު ނާދިއަދްވާލާ ޕްރޮޑިއުސްކުރާ އެ ފިލްމު ރިލީޒް ކުރާނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު ކަމަށް ފިލްމުގެ ޕްރޮޑަކްޝަން ހައުސް އިން ވަނީ އިއުލާނު ކޮށްފައެވެ.
'ޖުޅްވާ' އަކީ ސަލްމާން ޚާން ޑަބަލް ރޯލް ކުޅެފައިވާ ފިލްމެކެވެ. އެ ފިލްމުގައި ސަލްމާން އާއެކު ދެން ފެނިގެން ދިޔައީ ކަރިސްމާ ކަޕޫރު އަދި ރާމްބާ އެވެ. 'ޖުޅްވާ' އަކީ 1994 ވަނަ އަހަރު ނުކުތް ތެލުގޫ ފިލްމު 'ހެލޯ ބްރަދަރ'ގެ ރީމޭކް އެކެވެ.
އަންނަ ޖެނުއައީ މަހު މަސައްކަތް ފަށާ 'ޖުޅްވާ 2'ގައި ހަރަކާތްތެރިވާނީ ވަރުން ދަވާން، ޕަރިނީތީ ޗޯޕްޅާ އަދި ޖެކޮލިން ފާނަންޑޭޒް އެވެ.