16 Sep 2016, 10:31
ބޮލީވުޑްގެ ހުނަރުވެރި އެކްޓްރެސް ވިދްޔާ ބާލަންއަށް ޑެންގީ ބަލި ޖެހި މަސައްކަތްތަކުން ބްރޭކެއް ނަގަން ޖެހިއްޖެއެވެ.
"ކަހާނީ"ގެ ބަތަލާއަށް ޑެންގީ ހުން ޖެހިފައި ވަނީ "ކަހާނީ 2"ގެ މަސައްކަތަށް އެމެރިކާގައި ހުރުމަށް ފަހު މި ހަފްތާގައި އެނބުރި އިންޑިއާއަށް އައި ފަހުންނެވެ.
ވިދްޔާގެ ގާތް މީހަކު ބުނެފައި ވަނީ ވިދްޔާއަށް ޑެންގީ ޖެހިފައިވާ ކަމަށާއި، 10 ދުވަސް ވަންދެން އަރާމު ކުރަން ޑޮކްޓަރުން އަންގާފައިވާ ކަމަށެވެ.
ވިދްޔާ މި ދުވަސްކޮޅު އަންނަނީ ދެ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ "ކަހާނީ 2" އަދި "ބޭގަމް ޖާން" އެވެ. އޭގެ އިތުރުން މަލަޔާލަމް ފިލްމެއްގެ މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށް ވެސް އޭނާ ވަނީ ކުރިން ބުނެފައެވެ.