16 Sep 2016, 09:55
ބަންގްލަދޭޝް ރައްޔިތުންނަށް ސްރީލަންކާއިން ދެމުން އައި އަނބުރާ ގެންގޮސް، ލަންކާއިން ބަންގްލަދޭޝް މީހުންނަށް އަނެއްކާވެސް އޮން އެރައިވަލް ވިސާ ދޭން ފަށައިފިއެވެ.
ބަންގްލަދޭޝްގެ ސަރުކާރަށް އެންގުމެއް ނެތި، އެގައުމުގެ ރައްޔިތުންނަށް ލަންކާއިން އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލިކަން އެނގުނީ، މިދިޔަ ހަފްތާގެ ބުދަ ދުވަހު މިހިން ލަންކާގެ ފްލައިޓަކުން ލަންކާއަށް ދަތުރުކުރި ބަންގްލަދޭޝް ރައްޔިތުންތަކަކަށް ލަންކާ އިމިގްރޭޝަނުން މައްސަލަތަކެއް ދިމާވުމުންނެވެ.
ލަންކާ ސަރުކާރުން އެފަދަ ނިންމުމެއް ނިންމި ކަމުގެ މައުލޫމާތު ބަންގްލަދޭޝަށް ދީފައި ނުވާތީ، އެގައުމުގައި ހުންނަވާ ލަންކާ ސަފީރު ޔަސޯޖާ ގުނަސޭކަރަ، ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށް، ސުވާލު ވެސް ކުރެވުނެވެ.
އަދި ލަންކާ ރައްޔިތުންނަށް ވެސް ބަންގްލަދޭޝުން އޮން އެރައިވަލް ވިސާ ދިނުން ވަގުތީ ގޮތުން މެދުކަނޑާލިއެވެ.
ލަންކާގެ ފޮރިން މިނިސްޓަރުގެ ނައިބު ޑރ. ހަރްޝަ ޑެ ސިލްވާ ވިދާޅުވީ، ބަންގްލަދޭޝް ރައްޔިތުންނަށް އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލި ނިންމުމަކީ ލަންކާގެ ވެސް ސަރުކާރާ މަޝްވަރާ ކުރުމެއް ނެތި، އެގައުމުގެ އިމިގްރޭޝަން ކޮންޓްރޯލަރު އަމިއްލައަށް ނިންމި ނިންމުމެއް ނެތި ކަމަށެވެ.
ޑރ. ހަރްޝަ ވިދާޅުވީ، ބަންގްލަދޭޝް ރައްޔިތުންނަށް އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލުމަށް ލަންކާ ސަރުކާރުން ނިންމާފައި ވެސް ނުވާނެ ކަމަށެވެ.
ދެ ގައުމުގެ ދެމެދުގައި 1980 ވަނަ އަހަރު ވެވުނު އެއްބަސްވުމެއްގެ ދަށުން، ދެ ގައުމުން ވެސް ދަނީ އަނެއް ގައުމުގެ ރައްޔިތުންނަށް 30 ދުވަހުގެ އޮން އެރައިވަލް ވިސާ ފޯރުކޮށްދެމުންނެވެ.