05 May 2010, 10:16
14:30
މާލެ އިން ފުވައްމުލަކަށް ދިޔަ ބޯޓަކުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު 18 އަހަރުން ދަށުގެ ކުއްޖެއް ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ހައްޔަރުކޮށްފި އެވެ.
ފުވައްމުލަކު ޕޮލިސް ސްޓޭޝަނުނުން ބުނީ އުމުރުން 16 އަހަރުގެ އެ ފިރިހެން ކުއްޖާ ފުލުހުން އަތުލައިގެންފައިވަނީ ރެންޑަމްކޮށް، ފުވައްމުލަކަށް ދާ ބޯޓު ފަހަރު ބަލާ ފާސްކުރުމަށް ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދާ މަސައްކަތުގެ ދަށުން އިއްޔެ ހަވީރު 5:30 ހާއިރު އެނާގެ އަމަލްތައް ހުރި ގޮތުން ފުލުހުނަށް ޝައްކުކުރެވިގެން ކަމަށެވެ.
އެމައްސަލާގައި އޭނާ ފުލުހުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލާ ސާފުކުރުމުގައި މަސްތުވާތަކެތި ކަމަށް ތުހުމަތުކުރޭ އެއްޗެއް އާޅަފައިހުރި 33 ޕެކެޓާއި މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ އެއްޗެއް އަޅާފައި ހުރި ފިލްމް ހުސްކުރި ދަޅެއް އޭނާގެ އަތުގައި އޮތް ދަބަހެއްގެ ތެރެއިން ފެނިފައިވާ ކަމަށްވެސް ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ބުނެ އެވެ.
ފުވައްމުލަކު ފުލުހުން އަތުލައިގެން އެ ފިރިހެން ކުއްޖާއަކީ މީގެކުރިންވެސް މާރާމާރީއަކާ ފޭރުމުގެ މައްސަލައެއްގައި ފުލުހުން ހައްޔަރުކޮށްފައިވާ ކުއްޖެއް ކަމަށްވެސް ފުވައްމުލަކު ޕޮލިސް ސްޓޭޝަނުން ބުނެ އެވެ.