15 Sep 2016, 15:33
އިންޑިއާގައި ކެންސަރު ބަލީގެ ޝިކާރައަކަށް ވެފައި ތިބި ކުޑަކުދިންނަށް ބޭނުންވާ ކާނާ ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ 'ކަޑްލްސް ފައުންޑޭޝަން'ގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ތެރެއިން 10 ކުއްޖެއްގެ ކެއުމުގެ ކަންކަމާ، ބޮލީވުޑްގެ އެކްޓްރެސް ސޯނަމް ކަޕޫރު ހަވާލުވެއްޖެއެވެ.
ދާދި ފަހުން ސޯނަމް ވަނީ ކަޑްލްސް ފައުންޑޭޝަންގެ ބްރޭންޑް އެމްބެސެޑަރު ކަމަށް ހަމަޖައްސައިފައެވެ.
އެ ފައުންޑޭޝަނަށް އެއްބާރުލުން ދިނުމުގެ އިތުރުން ސޯނަމް ވަނީ އެ ފައުންޑޭޝަންގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް ޒިޔާރަތްކޮށް އެކުދިންނާ އެކު ވަގުތު ހޭދަ ކުރުމަށް ވެސް ނިންމައިފައެވެ.
އެގޮތުން ސޯނަމް ވަނީ ޓާޓާ މެމޯރިއަލް ހޮސްޕިޓަލަށް ޒިޔާރަތްކޮށް އެތަނުގައި ތިބި ކުދިންނާ އެކު ވަގުތު ހޭދަކޮށްފައެވެ.
އަދި އޭގެ ތެރެއިން 10 ކުދިންގެ ކެއުމުގެ ކަންކަން ހަމަޖައްސައިދޭން ނިންމާފައިވާ ކަން އޭނާ ވަނީ ހާމަކޮށްފައެވެ.