03 Jun 2011, 18:56
ހ. ރޯޒަންޑަލް ގޭގެ ކޮޓަރި އެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެ ކޮޓަރީ ގައި ހުރި އެއްޗެހި ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ ރޭ ހިނގި އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.
ނަމަވެސް އެގޭގެ ކޮޓަރިއެއްގައި ރޯވި އަލިފާން ގަނޑު ނިއްވާލެވުނު އިރު ކޮޓަރީ ތެރޭގައި ހުރި އެއްޗެހިތައް ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ސަން އެނގިފައިވާ ގޮތުގައި އަލިފާނުގެ އެ ހާދިސާ ހިނގި އިރު އެގޭގައި ދިރިއުޅެނީ 17 އަހަރުގެ ފިރިހެން ކުއްޖަކާއި އެކުއްޖާގެ ބައްޕަ އެވެ. އަދި އެގޭގައި އުޅޭ އެހެން މީހުން މިވަގުތުވީ ރާއްޖެތެރޭ ރަށެއްގައި ކަމަށް ވެސް ވަނީ މަޢުލޫމާތުލިބިފަ އެވެ.