14 Sep 2016, 11:59
ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ މެންބަރު އަހްމަދު ރަޝީދުގެ "ގައްދޫ ރަޝީދު ފައުންޑޭޝަން" އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ޖީއާރް ފުޓްސަލް ޗެލެންޖް ކަޕްގެ ފައިނަލަށް ރިއަލް ސީ އާއި ޕެރިސް ޕާކް ދަތުރުކޮށްފި އެވެ.
މި މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން ގދ. ގައްދޫ ފުޓްސަލް ދަނޑުގައި ކުރިއަށްދާ އެ މުބާރާތުގެ ފައިނަލުން ރިއަލް ސީ އާއި ޕެރިސް ޕާކް ޖާގަ ހޯދާފައިވަނީ އިއްޔެ ކުޅުނު ސެމީ ފައިނަލް މެޗުތަކުން މޮޅުވެގެންނެވެ.

ގައްދޫ ރަޝީދު ފައުންޑޭޝަނުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ޖީއާރް ފުޓްސަލް ޗެލެންޖް ކަޕްގެ ތެރެއިން: އެ މުބާރާތުގައި ޕެރިސް ޕާކް އާއި ރިއަލް ސީ ބައްދަލުކުރާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ --- ފޮޓޯ: ގައްދޫ ރަޝީދު ފައުންޑޭޝަން
އިއްޔެ ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނީ ރިއަލް ސީ އާއި ވެލޮސީ ޗިންކޭ އެވެ. އެ މެޗު ފަސޭހަކަމާއެކު 6-1 ލަނޑުން ކާމިޔާބުކޮށްފައިވަނީ ރިއަލް ސީ އިންނެވެ. ސެމީގެ ދެވަނަ މެޗުގައި ބައްދަލުކޮށްފައިވަނީ ޕެރިސް ޕާކް އާއި ޓައިގާ ވޭވްސް ސްޕޯޓްސް އެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އެ މެޗުން ޕެރިސް ޕާކް މޮޅުވެފައިވަނީ 6-7 ލަނޑުންނެވެ.
ޖުމްލަ އަށް ޓީމާއެކު ކުރިއަށްދާ އެ މުބާރާތުގައި ޕެރިސް ޕާކް އާއި ރިއަލް ސީ ބައްދަލުކުރާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ އެވެ.
ގައްދޫ ދާއިރާގެ މެމްބަރު އަހްމަދު ރަޝީދު ވިދާޅުވީ، ގައްދޫގެ ރައްޔިތުންގެ އިޖުތިމާއީ ރޫހާއި، ކުޅިވަރުގެ ރޫހު އާލާކޮށް ދިރުވުމަށްޓަކައި މިދިޔަ އަހަރުން ފެށިގެން ބާއްވަމުންދާ އެ މުބާރާތަށް ރަށުގެ އެންމެހާ ރައްޔިތުންގެ ތަރުހީބު ލިބިގެންދާ ކަމަށެވެ.

ގައްދޫ ރަޝީދު ފައުންޑޭޝަނުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ޖީއާރް ފުޓްސަލް ޗެލެންޖް ކަޕްގެ ތެރެއިން: އެ މުބާރާތުގައި ޕެރިސް ޕާކް އާއި ރިއަލް ސީ ބައްދަލުކުރާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ --- ފޮޓޯ: ގައްދޫ ރަޝީދު ފައުންޑޭޝަން
ގައްދޫ ރަޝީދު ފައުންޑޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށްދާ އެ މުބާރާތަކީ ގައްދޫގައި ހުންނަ ސަރުކާރު އޮފީސްތަކަށާއި، މިނިވަން މުއައްސަސާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކަށާއި، ގައްދޫ ޒުވާނުންގެ ޓީމްތަކަކަށް ހުޅުވާލައިގެން ކުރިއަށްދާ މުބާރާތެކެވެ.
ޖީއާރް ފުޓްސަލް ޗެލެންޖް ކަޕްގެ ޗެމްޕިއަން ޓީމަށް 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ އިރު، ރަނަރަޕް ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެ އެވެ.