13 Sep 2016, 11:06
ފުރަތަމަ ދަރިފުޅަށް ބަލިވެ އިން އެކްޓްރެސް، ކަރީނާ ކަޕޫރު ގާތުގައި ލިބެން އުޅެނީ ކޮން ކަހަލަ ކުއްޖެއްތޯ ގިނަ ބަޔަކު ސުވާލު ކުރަމުން އަންނަ ކަމަށާއި އެކަމާ ހިތްހަމަ ނުޖެހޭ ކަމަށް އޭނާ ބުނެފި އެވެ.
އިންޑިއާގެ ނޫހަކަށް މައުލޫމާތު ދެމުން އުމުރުން 35 އަހަރުގެ އެކްޓްރެސް ވަނީ އޭނާ އަންހެން ކުއްޖަކު ބޭނުންވާ ކަން ހާމަކޮށްފަ އެވެ.
"ވަރަށް ހިތްހަމަ ނުޖެހޭ ލިބެނީ އަންހެން ކުއްޖެއްތޯ ނޫނީ ފިރިހެން ކުއްޖެއްތޯ އަހާތީ. އަހަންނަކީ އަންހެނެއް، އަހަރެން ވަރަށް ބޭނުން އަންހެން ކުއްޖެއް،" ކަރީނާ ބުންޏެވެ.
އޭގެ އިތުރުން ވިހެއުމަށް ފަހު ފިލްމީ ދާއިރާ ގައި މަސައްކަތް ކުރާނެތޯ އަހާތީ ވެސް ހިތްހަމަ ނުޖެހޭ ކަމަށް ވަނީ ބުނެފަ އެވެ.
ކަރީނާ މިހާރު ވަނީ ޖިންސީ ތަފާތު ކުރުންތައް ނައްތާލުމަށް މަސައްކަތް ކުރާ ގްލޯބަލް ސިޓިޒެން އިނިޝިއޭޓިވް ގައި ބައިވެފަ އެވެ.