ގއ. ވިލިނގިލީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ ކުޑަކުއްޖަކަށް އަނިޔާވެ، އިތުރު މީހަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ އެވެ.

މިއަދު އިރުއޮއްސުނު ވަގުތު ވިލިނގިލީ ޒުވާނުންގެ މަރުކަޒުގެ ކައިރިން ދުއްވާފައި ދިޔަ ދެ ސައިކަލެއް ޖެހި އެކްސިޑެންޓުވީ ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށް ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

ގއ. ވިލިނގިލީ ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރު ޝާފިޒު މޫސާ މިރޭ ވިދާޅުވީ، ހާދިސާގައި އެ ހޮސްޕިޓަލަށް ހަތަރު މީހަކު ގެނައި ކަމަށެވެ. އަދި އެކަކުގެ ހާލު ސީރިއަސް ވެގެން މާލެ ފޮނުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް ހޮސްޕިޓަލަށް ގެންދިޔަ މީހުންނަށް ލިބިފައިވާ އަނިޔާގެ ތަފްސީލެއް އަދި ލިބޭގޮތެއް ނުވެއެވެ.