12 Sep 2016, 18:39
އައްޑޫ ސިޓީ މީދޫގައި އީދު ކުޅިވަރު ކުޅެން މާލީ ހަދަން އުޅުނު ކުއްޖެއްގެ ގައިގައި އަލިފާން ރޯވެ ވަރަށް ބޮޑަށް ފިހިއްޖެ އެވެ.
މީދޫ ކައުންސިލަރު އަލީ މުހައްމަދު ވިދާޅުވީ، އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށާއި ހާދިސާގައި އަލިފާން ރޯވީ 15 އަހަރުގެ ކުއްޖެއްގެ ގައިގައި ކަމަށެވެ.
ކައުންސިލަރު މުހައްމަދު ވިދާޅުވީ، އެ ކުއްޖާއަށް ހުޅުމީދޫ ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް މިހާރު ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ފޮނުވާލާފައިވާ ކަމަށެވެ.
ހުޅުމީދޫ ސިއްހީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓާ އިބްރާހިމް ދީދީ ވިދާޅުވީ އެ ކުއްޖާގެ ހަށިގަނޑުގެ ގާތްގަނޑަކަށް 50 ޕަސެންޓް ފިހިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އޭނާގެ ހާލަތު އެހާ ސީރިއަސް ނޫން ކަމަށެވެ.