އުރީދޫ މޯލްޑިވްސްއިން އަޟްޙާ ޢީދުގެ ހަދިޔާގެ ގޮތުގައި އެކުންފުނީގެ ހުރިހާ ކަސްޓަމަރުންނަށް 50 ޕަސެންޓް ހިލޭ ޑޭޓާ ދީފިއެވެ.

އުރީދޫއިން ބުނީ އުރީދޫ ޑޭޓާ ޕެކް އެއް އެކްޓިވޭޓް ކުރުމުގެ ކުރިން *108# އަށް ގުޅާލުމުން 50 ޕަސެންޓް ހިލޭ ޑޭޓާ ލިބޭނެ ކަމަށެވެ. އެއޮފާ ކުރިއަށް ދަނީ މިއަދުން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށެވެ.

އުރީދޫގެ އެސިސްޓަންޓް މެނޭޖަރ ޕަބްލިކް ރިލޭޝަންސް، ނޫރާ އިބްރާހިމް ޒާހިރު ވިދާޅުވީ އެހަދިޔާއަކީ ކުލަގަދަކޮށް އީދު ފާހަގަ ކުރުމަށް އެކުންފުނީގެ ކަސްޓަމަރުންނަށް ދިން ހަދިޔާއެއް ކަމަށެވެ.

" ކުލަގަދަ ގޮތެއްގައި ޢީދު ފާހަގަކޮށް، ޢީދުގެ އުފާ ގާތްތިމާގެ މީހުންނާއި ހިއްސާކުރަމުންދާ އިރު، އަޅުގަނޑުމެންގެ މި ޢީދު ހަދިޔާ ކަސްޓަމަރުންނަށް ކަމުދާނެކަމަށް އުއްމީދު ކުރަން". ނޫރާ ވިދާޅުވިއެވެ.

ހައްޖު މޫސުމަށް ހާއްސަކޮށްގެން އަގުހެޔޮ ރޭޓުގައި ރާއްޖޭން ސައުދީ އަށް ގުޅާލެވޭ އައިޑީޑީ އޮފާ އެއްވެސް އުރީދޫ އިން ވަނީ ތައާރަފްކޮށްފައެވެ. މިނެޓަކު 1.85 ރުފިޔާއަށް ސައުދީއަށް ގުޅޭނެ އިންތިޒާމް އެކުންފުނިން ވަނީ ހަމަޖައްސާފައެވެ. އެއޮފާ މިމަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.