ދިރާގުން މި އަހަރުގެ އަޟްހާ އީދާ ދިމާކޮށް ދިރާގު ގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ކުރިއަށް ގެންދިޔަ "ލައިކް އެންޑް ޝެއާ" ޕްރޮމޯޝަންގެ ނަސީބުވެރިޔަކަށް ހދ. ކުޅުދުއްފުށީ، ސުތުލިމާގޭ، ހަދީޖާ ހޮވިއްޖެ އެވެ.

ދިރާގުން ކުރިއަށް ގެންދިޔަ އެ ޕްރޮމޯޝަންގައި 1500 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވާ އިރު ނަސީބު ވެރިޔާ ހޮވާފައި ވަނީ ގުރުއަތު ލައިގެންނެވެ.

ގުރުއަތުން ހޮވުނު ފަރާތަށް އަޟްހާ އީދު ބަންދުގައި ވ. ތިނަދޫގައި ހުންނަ ގެސްޓު ހައުސްއެއް ކަމަށްވާ ޕްލުމީރިއާ ގެސްޓު ހައުސްގައި އާއިލާއާ އެކު ދެ ރެޔާއި ތިން ދުވަސް ހޭދަކޮށްލުމުގެ ފުރުސަތުވަނީ ދީފަ އެވެ.

ދިރާގުގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު އިމްޖާދް ޖަލީލް ވިދާޅުވީ އެ ޕްރޮމޯޝަން ސޯޝަލް މީޑީއާ މެދުވެރިކޮށް ކުރިއަށް ގެންދިޔައީ ދިރާގަކީ ރާއްޖޭގައި ސޯޝަލް މީޑިއާގެ ކަވަރޭޖް އެންމެ ބޮޑު އެއް ކުންފުންޏަށް ވުމާ އެކު ގިނަ ފަރާތްތަކަށް ޕްރޮމޯޝަނުގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ކަމަށެވެ.

އިމްޖާދު ވިދާޅުވީ މިފަހަރުގެ ޕްރޮމޯޝަން ކުރިއަށް ގެންދިޔައީ ފޭސްބުކް ބޭނުންކުރާ ދިރާގު ފޭސްބުކް ފޭނުންގެ ތެރެއިން އީދު ޗުއްޓީ ރަށުން ބޭރުގައި ހޭދަކޮށްލަން ބޭނުންފުޅުވާ ބޭފުޅުންނަށް އަމާޒުކޮށްގެން ކަމަށެވެ.

ލައިކް އެންޑް ޝެއާގެ ނަސީބު ވެރިޔާ ހަދީޖާ ބުނީ، އާއިލާއާ އެކު އީދު ޗުއްޓީ ހޭދަކޮށްލަން ދިއުމުގެ ފުރުސަތު ލިބުމުން ވަރަށް އުފާވާ ކަމަށެވެ.

"އަޅުގަނޑު ހުރީ މި ޢީދު ބަންދުގައި އާއިލާ އާ އެއްކޮށް ޢީދު އުފަލުގައި ބައިވެރިވާން ރަށަކަށް ދާން ވަރަށް ބޭނުން ވެފައި. ނަމަވެސް އެކި އެކި ސަބަބުތަކާ ހެދި ނުދެވިފައި ވަނިކޮށް މި ލަކީޑްރޯ ކާމިޔާބު ވިކަމުގެ ހަބަރު ލިބުނީ،" ހަދީޖާ ބުންޏެވެ.

ޕްލުމީރިއާ ގެސްޓުހައުސްއިން އަންނަނީ ވޯޓާ ސްޕޯޓްސް އާއި ޑައިވިންގެ ހިދުމަތް ވެސް ދެމުންނެވެ.