11 Sep 2016, 12:58
ވޯލްޑް ވޮލީބޯލް ޗެމްޕިއަންޝިޕް ކޮލިފިކޭޝަން ޒޯނަލް ފޭސް އެކެއްގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ ފިރިހެން ވޮލީބޯޅަ ޓީމު ކިރްގިސްތާނަށް ފުރައިފި އެވެ.
މިއަދު ހެނދުނު ރާއްޖޭގެ ޓީމު ކިރްގިސްތާނަށް ފުރި އިރު، ޓީމުގެ 13 ކުޅުންތެރިންނާއި ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) އާއި މެނޭޖަރު އަލީ ލަތީފް އަދި ޑެލިގޭޝަންގެ އިސްވެރިއެއްގެ ގޮތުގައި މުހައްމަދު ޝަރަފް ދަތުރުގައި ބައިވެރިވި އެވެ.
ކިރްގިތާނަށް ފުރި ޓީމުގައި ހިމެނެނީ ކެޕްޓަން އިޝާން މުހައްމަދު (ބަޓިސް) އާއި، އަޝްފާގު އާދަމް (އައްކަޅޭ) އާއި، އަލީ އާމިރާއި، އާދަމް ފައިރޫޒާއި، ހުސައިން ވިޝާމާއި، މުހައްމަދު ޝާއިން އާއި، އަހްމަދު އަބްދުލް ކަރީމް (ލޯންގޭ) އާއި، އަލީ ހުޒާމް (ހުޒާންޓޭ) އާއި، ހަސަން ނިލާމް އާއި، މުހައްމަދު އަހުސަނާއި، ހުސައިން ސައީދާއި، އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އަދި ޖަވާމް އަލީ އެވެ.
ވޯލްޑް ޗެމްޕިއަންޝިޕް ކޮލިފިކޭޝަން ޒޯނަލް ފޭސް އެކެއްގައި ރާއްޖެ ނުކުންނަން ޖެހޭނީ ކިރްގިސްތާނާއި، ބަންގްލަދޭޝް އަދި ތުރުކުމެނިސްތާންއާ ދެކޮޅަށެވެ.