އިންޑިއާގެ ރީތީގެ ރާނީ އަދި 80ގެ ތެރޭގައި ބޮލީވުޑުގައި ބޮޑު މަގްބޫލުކަމެއް ހޯދި ބަތަލާ ޕޫނަމް ދިލަންގެ ކުލޯތިންލައިނަށް ހާއްސަ ފެއާއެއް ބާއްވަން ނިންމައިފި އެވެ.

މިއީ އިންޑިއާގެ އިތުރުން ސްރީލަންކާގައި ވެސް މަޝްހޫރު ޕޫނަމްގެ ކުލޯތިންލައިން "ޕޫނަމްސް ޕޮޕް އަޕް ސްޓޯ"ގެ ފެއާއެއް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.

އެ ފެއާ ރާއްޖޭގައި އިންތިޒާމުކުރާ ޕޫނަމްގެ ވަރަށް ގާތް ރަހުމަތްތެރިއެއް ކަމަށްވާ އައިމިނަތު އިބްރާހިމް ދީދީ (އައިމިނާދީ) ވިދާޅުވީ، އެންމެންނަށް ހުޅުވާލައިގެން މާދަމާ ބާއްވާ އެކަނި ފެއާއަށް ޕޫނަމް ރާއްޖެ އަންނާނެ ކަމަށެވެ.

ޕޫނަމް ބޮލީވުޑްގެ އެންމެ ރަން ޒަމާނުގައި: އޭނާއަކީ 80ގެ ތެރޭގައި ބޮލީވުޑްގައި ފާހަގަކޮށްލެވުނު ތަރިއެއް ---

އަދި މާދަމާ ހެނދުނު 11 އިން ރޭގަނޑު 10 އަކަށް ދަރުބާރުގޭގެ ހަކުރާމާލަމުގައި ކުރިއަށްދާނެ އެ ފެއާގައި އިންޑިއާގައި ޕޫނަމް ވިއްކަމުން އަންނަ އިންޑިއަން ސްޓައިލްގެ ހެދުމާއި ކުރުތާގެ އިތުރުން ސާރީ އާއި ހުޅަނގުގެ ފަހުގެ ފެޝަންތަކުގެ ހެދުން ވެސް ލިބެން ހުންނާނެ ކަމަށެވެ.

ފޫނަމްގެ ކުލޯތިންލައިނަށް ހާއްސަ ފެއާއެއް ރާއްޖޭގައި ބާއްވަން ނިންމާފައިވާއިރު، އޭނާގެ ފެއާ އެއް ވޭތުވެދިޔަ ދެ ދުވަހު ވަނީ ސްރީ ލަންކާގައި ބާއްވާފަ އެވެ.

ސަނީ ޑިއޯލް އާއެކު ކުޅެ 1986 ވަނަ އަހަރު ރިލީޒްކުރި "ސަމުންދަރް" ގެ މަންޒަރެއް ނެގުމަށް ޕޫނަމް ރާއްޖޭގައި---

އަށްޑިހަ އަށްވުރެ ގިނަ ހިންދީ ފިލްމު ކުޅެފައިވާ ފޫނަމް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ 2014 ވަނަ އަހަރު ނެރުނު "ޑަބަލް ދި ޓުރަބަލް" އިންނެވެ. އަދި އޭނާ ވަނީ ސަނީ ޑިއޯލް އާއެކު ކުޅެ 1986 ވަނަ އަހަރު ރިލީޒްކުރި "ސަމުންދަރް" ގެ މަންޒަރުތައް ނެގުމަށް މީގެ ކުރިން ރާއްޖެ އައިސްފަ އެވެ.