09 Sep 2016, 23:02
ވައިބާ މެދުވެރިކޮށް ސެލެބުރިޓީންގެ ޗެޓް ތައް ބަލާލައި މުހިންމު މައުލޫމާތުތައް ލިބޭ "ޕަބްލިކް ޗެޓް" އުރީދޫއިން ތައާރަފްކޮށްފިއެވެ.
އުރީދޫ މޯލްޑިވްސް އަކީ ވައިބާ ޕަބްލިކް ޗެޓްގައި ހިމެނޭ ފުރަތަމަ ދިވެހި ކުންފުންޏެވެ. އުރީދޫއިން ތައާރަފް ކުރި ހިދުމަތާއެކު އުރީދޫ އަދި ދިރާގު ކަސްޓަމަރުންގެ ތެރެއިން ވައިބާއިން އުރީދޫ ފޮލޯ ކުރުމާއެކު އެގުރޫޕަށް ޖޮއިންވެއެވެ.
ވައިބާ ޕަބްލިކް ޗެޓްސް އަކީ މަޝްހޫރު ފަންނާނުންނާއި ބްރޭންޑްތަކާއި ވައިބާ ބޭނުންކުރައްވާ ފަރާތްތަކާއި ގުޅުވާލަދޭ ޕްލެޓްފޯމް އެކެވެ. އެގުރޫޕު މެދުވެރިކޮށް އުރީދޫގެ ކަސްޓަމަރުންނަށް މުހިއްމު ހަބަރުތަކުގެ އިތުރުން، ރާއްޖޭގެ އެކި ހިސާބުތަކުން ތަފާތު ހަރަކާތްތައް ހިއްސާކުރާނެ ކަމަށް އުރީދޫއިން ބުނެއެވެ.
އެހިދުމަތާއި ގުޅޭގޮތުން އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ ދިވެހިންގެ ތެރެއިން ގިނަ ބައެއް ވައިބާ ބޭނުންކުރާއިރު، އެފަރާތްތަކަށް މުއާމަލާތު ކުރުމަށް އުރީދޫ މޯލްޑިވްސްގެ ޕަބްލިކް ޗެޓް އެހީތެރިވެދޭނެ ކަމަށެވެ.
އުރީދޫގެ ކަސްޓަމަރުންގެ ޑިޖިޓަލް ލައިފްސްޓައިލްއަށް އެއްބާރުލުން ދިނުމުގެ ގޮތުން އެކުންފުނިން ގިނަ މަސައްކަތް ތަކެއް ކުރެއެވެ.