މާލެ އަތޮޅުގައި އޮންނަ ފިހާޅޮހި ރިސޯޓު ކައިރިއަށް ސްނޯކްލިން އަށް ދިޔަ ފަތުރުވެރިއެއްގެ ހަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮށްވައި ފެނިއްޖެއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖާ އަދުނާން މުހައްމަދު ވިދާޅުވީ، 35 އަހަރުގެ ފިރިހެން ފަތުރުވެރިޔާ މިރޭ ފެނުނީ 17 މީޓަރު އަޑީގައި މަރުވެފައިއޮށްވައި ކަމަށެވެ.

ސަން އަށް އެނގިފައިވާގޮތުގައި އެއީ ފިހާޅޮހި ރިސޯޓަށް އައިސް އުޅުނު ރަޝިޔާ ޓޫރިސްޓެކެވެ.

ކަޅުކުލައިގެ ސުވިމިން ސޫޓެއް ލައިގެން ހުރި އެ ފަތުރުވެރިޔާ ސްނޯކްލިން އަށް ދިޔައީ ހަވީރު 5:00 ގައެވެ.

އެ ރިސޯޓުން ފަތުރުވެރިއަކު ގެއްލިގެން އުޅޭކަމުގެ މައުލޫމާތު އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއަށް ލިބުނީ މިރޭ 20:50 ހާއިރު ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެ އެވެ.

މައުލޫމާތު ލިބުމާއެކު ހާބާ ކްރާފްޓް 110، ލޯންޗު ޑައިވަރުންގެ ޓީމަކާއެކު އެސަރަޙައްދަށް ގޮސް އެމީހާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ބުނެފައިވެ އެވެ.