09 Sep 2016, 22:34
ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ބާސެލޯނާގެ ކުރީގެ ތަރި ރޮނާލްޑީނިއޯ ފުޓްބޯޅަ ކުޅުން ހުއްޓާލުމަށް ނިންމައިފި އެވެ.
މި ސީޒަން ނިމުމުން ފުޓްބޯޅަ ކެރިޔަރު ނިންމާލުމަށް ބްރެޒިލް ތަރި ރޮނާލްޑީނިއޯ ނިންމި އިރު، މިދިޔަ އަހަރު ބްރެޒިލްގެ ފްލުމިނެންސް އަށް ކުޅުމަށް ފަހު އޭނާ އެއްވެސް ކްލަބަކުން އަދި ފެނިފައެއް ނުވެ އެވެ.

ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ބާސެލޯނާގެ ކުރީގެ ތަރި ރޮނާލްޑީނިއޯ: މި ސީޒަނަށްފަހު ރޮނާލްޑީނިއޯގެ ފުޓްބޯޅަ ކެރިޔަރު ނިމުމަކަށް ގެންނާނެކަން އޭނާ ވަނީ އިއުލާންކޮށްފައި ---
"އަހަރެންނަށް މިހާރު ވަރަށް ދުވަސްވެއްޖެ. އަހަރެންނަށް މިހާރު 36 އަހަރު ވެއްޖެ. އަހަރެންގެ ފުޓްބޯޅަ ކެރިޔަރު ނިންމާލުމަށް ނިންމައިފިން. އަހަރެންގެ އުންމީދަކީ އަދި އެއް އަހަރު ކްލަބަކަށް ކުޅުން،" ބާސާގައި ހުނަރުވެރި ކުޅުމެއް ދެއްކި ރޮނާލްޑީނިއޯ ބުންޏެވެ.
ރޮނާލްޑީނިއޯ ބުނީ، ފުޓްބޯޅަ ކުޅުން ހުއްޓާލުމުގެ ކުރިން ވެސް މަސައްކަތެއް މިހާރު ފަށާފައިވާ ކަމަށާއި އެކަމަކީ ފުޓްބޯޅަ އާއި މިއުޒިކާ ގުޅުން ހުރި މަސައްކަތްތަކެއް ކަމަށެވެ.
އުމުރުން 36 އަހަރުގެ ފޯވަޑް ރޮނާލްޑީނިއޯ ހޯދުމަށް އިޓަލީގެ ބައެއް ކްލަބުތަކާއި، ޗައިނާގެ ކްލަބުތައް އަދި އެމެރިކާގެ ބައެއް ކްލަބުތަކުން ވެސް މަސައްކަތްކޮށްފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.

ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ބާސެލޯނާގެ ކުރީގެ ތަރި ރޮނާލްޑީނިއޯ: މި ސީޒަނަށްފަހު ރޮނާލްޑީނިއޯގެ ފުޓްބޯޅަ ކެރިޔަރު ނިމުމަކަށް ގެންނާނެކަން އޭނާ ވަނީ އިއުލާންކޮށްފައި ---
ރޮނާލްޑީނިއޯގެ ފުޓްބޯޅަ ކެރިޔަރު ފަށާފައިވަނީ 1998 ވަނަ އަހަރު ބްރެޒިލްގެ ގްރެމިއޯ އިންނެވެ. ބާސާ އަށް 2003 ވަނަ އަހަރު ސޮއިކުރުމުގެ ކުރިން އޭނާ ވަނީ ފްރާންސްގެ ޕެރިސް ސެއިންޓް ޖާމެއިން (ޕީއެސްޖީ)އަށް ކުޅެފަ އެވެ.
ރޮނާލްޑީނިއޯގެ ފުޓްބޯޅަ ކެރިޔަރުގެ އެންމެ ކާމިޔާބު ދުވަސްތަކަކީ ވެސް ބާސާގައި އޭނާ ހޭދަކުރި ދުވަސްތަކެވެ. އިޓަލީގެ އޭސީ މިލާނަށް 2008 ވަނަ އަހަރު ސޮއިކުރުމުގެ ކުރިން ރޮނާލްޑީނިއޯ ވަނީ ބާސާއާ އެކު ސްޕެނިޝް ލަލީގާ ދެ ފަހަރު ހޯދައި، އެއް ފަހަރު ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ.

ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ބާސެލޯނާގެ ކުރީގެ ތަރި ރޮނާލްޑީނިއޯ: މި ސީޒަނަށްފަހު ރޮނާލްޑީނިއޯގެ ފުޓްބޯޅަ ކެރިޔަރު ނިމުމަކަށް ގެންނާނެކަން އޭނާ ވަނީ އިއުލާންކޮށްފައި ---
ބާސާ އަށް ކުޅުނު ދުވަސްވަރު ދެއްކި މޮޅު ކުޅުމާއެކު ރޮނާލްޑީނިއޯ ވަނީ 2004 އަދި 2005 ވަނަ އަހަރު ފީފާއިން ހޮވި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފަ އެވެ.
ބްރެޒިލްގެ ގައުމީ ޓީމުގައި ވެސް ރޮނާލްޑީނިއޯ ވަނީ ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފަ އެވެ. އޭނާ ވަނީ ގައުމީ ޓީމާއެކު ވޯލްޑްކަޕް 2002 އާއި، ފީފާ ކޮންފެޑެރޭޝަންސް ކަޕް 2005 އާއި، ކޮޕާ އެމެރިކާ 1999 ކާމިޔާބުކޮށްފަ އެވެ.