ދުނިޔޭގެ އެންމެ އަގުބޮޑު އެކްޓަރުންގެ ތެރޭގައި ހިމެނޭ ބޮލީވުޑްގެ އެންމެ ކާމިޔާބު އެކްޓަރު އަކްޝޭ ކުމާރުގެ އުފަން ދުވަސް ފާހަގަކުރަން ރާއްޖެ އަތުވެއްޖެ ކަމަށް އިންޑިއާގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އިންޑިއާގެ މީޑިއާތަކުގައި ބުނެފައި ވަނީ، މިއަދު އުމުރުން 49 އަހަރު ފުރޭ އަކްޝޭ ރާއްޖެ އައިސްފައި ވަނީ އޭނާގެ އަންހެނުން ޓްވިންކަލް ކަންނާ އަދި ދެ ކުދިންނާއެކުގަ އެވެ.

އަކްޝޭގެ އަންހެނުން ޓްވިންކަލް ކަންނާގެ އިންސްޓުގްރަމް އެކައުންޓުގައި މީގެ ގަޑިއިރެއް ކުރިން އަކްޝޭއަށް އުފަން ދުވަހުގެ ތަހުނިޔާ ކިޔަމުން ލާފައި އިން ފޮޓޯއިން ފެންނަނީ ކަނޑުމެދުގައި އޮތް ޔޮޓެއްގެ ދިރުބާ ކޮޅުގައި އަކްޝޭއާ އެކު ނަގާފައި ފޮޓޯއެކެވެ.

ނަމަވެސް އެ ފޮޓޯގައި އެމީހުން ތިބީ ރާއްޖޭގައި ކަމެއް ބުނެފައެއްނުވެ އެވެ.

Between the devil and the deep blue sea , I am happy to pick this particular handsome devil #HappyBirthdayMrK #BigDay

A photo posted by Twinkle Khanna (@twinklerkhanna) on

އަކްޝޭގެ އިންސްޓަގުރަމް އެކައުންޓުގައި ވެސް ވަނީ އެމީހުން ދަތުރުކުރަމުންދާ ޔޮޓުގައި ނަގާފައިވާ ފޮޓޯއެއް މީގެ ތިން ގަޑިއިރުކުރިން އޭނާގެ ފޭނުންނާ ހިއްސާކޮށްފަ އެވެ. އެ ފޮޓޯގައި ފެންނަނީ އަކްޝޭގެ އަންހެން ދަރިފުޅު ނިތާތާއާ އެކު ސަކަރާތްޖަހާ މަންޒަރެވެ.

އެ ފޮޓޯއާ އެކު އަކްޝޭ ބުނެފައި ވަނީ، މިއީ އެންމެ އުފާވެރި އުފަން ދުވަސް ކަމަށެވެ. ނަމަވެސް އެ ފޮޓޯއާ އެކު ވެސް އެމީހުން ޗުއްޓީ ހޭދަކުރަމުންދަނީ ރާއްޖޭގައި ކަމަށް ބުނެފައެއްނުވެ އެވެ.